މި ހިނގާ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 5.48 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.
މިއީ ފާއިތުވި ތިން އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެއް ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 4.46 މިލިއަން ރުފިޔާއެވެ. އަދި 2024 ވަނަ އަހަރުގެ މި މުއްދަތުގައި 2.63 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2023 ވަނަ އަހަރު ލިބިފައިވަނީ 2.79 މިލިއަން ރުފިޔާއެވެ.
މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ. ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް މައިގަނޑު ގޮތެއްގައި ހަމަޖައްސާފައިވަނީ އޮންލައިން ހަތް ޕްލެޓްފޯމެއް މެދުވެރިކޮށެވެ.
އޭގެ ތެރޭގައި ހިމެނެނީ ދިރާގު މޯބައިލް އެޕް އަދި ދިރާގު ޕޭ ވެބްސައިޓް، އުރީދޫ އެމް-ފައިސާ މޯބައިލް އެޕް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) ގެ މޯބައިލް އެޕް، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ މޯބައިލް އެޕް، ފަހިޕޭ މޯބައިލް އެޕް، އަވަސް މޯބައިލް އެޕް އަދި ބަނޑޭރި ޕޭ ވެބްސައިޓެވެ.
މީގެ އިތުރުން، އޮންލައިންކޮށް ޒަކާތް ދައްކަން އަހުލުވެރި ނޫން ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، މި އަހަރު އަލަށް ކޭޝް ކާޑު ބޭނުންކޮށްގެންވެސް ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން އޮންލައިންކޮށް ޒަކާތް ދައްކަން ދަތިވާ ފަރާތްތަކަށް، އެ ރަށެއްގެ ރަށު ކައުންސިލް އިދާރާ މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށްވެސް ޒަކާތު ހައުސްއިން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު