އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ދެވަނަ ފިރިހެން ދަރިކަލުން މޮޖްތަބާ ޚާމަނާއީ އެ މަގާމަށް އައްޔަންކުރައްވައިފިއެވެ.
އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާ ގުޅިގެން ދިން ވަރުގަދަ ހަމަލާތަކެއްގައެވެ. މި ހަމަލާތަކުގައި އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ ޚާމަނާއީގެ ގަނޑުވަރު އެއްކޮށް ސުންނާފަތިކޮށްލާފައިވާއިރު، އެ ވަގުތު އެމަނިކުފާނު ގަނޑުވަރުގައި ނޫޅުއްވާ ކަމަށް އީރާނުން ކުރިން ބުނެފައިވެއެވެ. ނަމަވެސް، ފަހުން އެ ގައުމުން ވަނީ ޚާމަނާއީ އަވަހާރަވެފައިވާކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ.
ޚާމަނާއީ އަވަހާރަވުމާ ގުޅިގެން އުފެދުނު ހުސްކަމަށްފަހު، ގައުމުގެ އެންމެ މަތީ ވެރިޔާ ނުވަތަ ރޫހާނީ ލީޑަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް މުޅި ދުނިޔެ އިންތިޒާރު ކުރަމުންދިޔައެވެ.
އީރާނުގެ ދައުލަތުގެ ޓީވީން ބުނީ އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ދަރިކަލުން މޮޖްތަބާ ޚާމަނާއީ އެ މަގާމަށް ހޮއްވަވާފައިވާކަމަށެވެ.
އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ހަމަލާދެމުންދާތާ ހަފްތާއެއް ވެފައިވާއިރު، މި ކުރިމަތިލުންތަކުގައި މިހާތަނަށް އީރާނުގެ 1300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
މި ހަމަލާތަކުގެ ރައްދުގައި އީރާނުން ދަނީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި، ޑިޕްލޮމެޓިކް އިދާރާތަކުގެ އިތުރުން އަސްކަރީ މުވައްޒަފުންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މީގެ އިތުރުން، އިސްރާއީލުގެ ބައެއް ސިޓީތަކަށް އަމާޒުކޮށް އީރާނުން ދަނީ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ރައްދު ހަމަލާތައް ފޮނުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު