އީރާނުގެ ސްޕްރީމް ލީޑަރުކަމަށް އައްޔަންކުރެވުންމޮޖުތަބާ ޚާމަނާއީ އީރާނުގެ ތިންވަނަ ސްޕްރީމް ލީޑަރެވެ. އޭނާ އެ މަޤާމަށް އައްޔަންކުރެވުނީ 8 މާރިޗު 2026 ގައެވެ. މޮޖުތަބާ ޚާމަނާއީ އެމަގާމަށް އައްޔަން ކުރެވުނީ އޭނާގެ ބައްޕާފުޅު އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އީރާނުގެ އެސެމްބްލީ އޮފް އެކްސްޕާޓްސް އިންނެވެ.ސައްޔިދު މޮޖުތަބާ ހުސައިނީ ޚާމަނާއީ އަކީ އީރާނުގެ ސިޔާސީ އަދި ދީނީ މަޝްރަހުގައި ނުފޫޒުގަދަ ބޭފުޅެކެވެ. އޭނާ އުފަންވެވަޑައިގަތީ 8 ސެޕްޓެމްބަރު 1969 ގައި އީރާނުގެ މަޝްހަދުގައެވެ. އޭނާއަކީ އީރާނުގެ ކުރީގެ ސްޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ދެވަނަ ދަރިކަލުންނެވެ.
ތައުލީމާއި ދީނީ މަގާމު
މޮޖުތަބާ ޚާމަނާއީގެ އިބްތިދާއީ ތައުލީމު ހާސިލުކުރެއްވީ ތެހެރާނުގެ އަލަވީ ހައިސްކޫލުންނެވެ. އޭގެ ފަހުން އޭނާ ވަނީ ގުމް ގެ ދީނީ މަރުކަޒުތަކުން އިސްލާމީ ފިގުހާއި ތިއޮލޮޖީގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރައްވާފައެވެ. ދީނީ އިލްމީ ދަރަޖައަށް ބަލާއިރު އޭނާއަށް ލިބިވަޑައިގެންފައިވާ މަގާމަކީ 'ހުއްޖަތުލް އިސްލާމް' އެވެ. މިއީ އާޔަތުﷲ އަށް ވުރެ ދަށް، ނަމަވެސް ދީނީ އިލްމުވެރިންގެ މެދުގައި ވަރަށް މުހިންމު އަދި ގަދަރުވެރި މަގާމެކެވެ. އޭނާ ވަނީ ގުމްގެ ސެމިނަރީތަކުގައި ދީނީ އިލްމު އުނގަންނައިދެއްވުމުގައި ގިނަ އަހަރުތަކެއް ހޭދަކުރައްވާފައެވެ.
އަސްކަރީ އަދި ސިޔާސީ ދައުރު
1980 ގެ އަހަރުތަކުގައި ހިނގި އީރާން-އިރާގު ހަނގުރާމައިގައި މޮޖުތަބާ ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެން، ގައުމީ ޚިދުމަތުގެ ނަމޫނާ ދައްކަވާފައެވެ. މި ހަނގުރާމައިގައި އޭނާ މަސައްކަތް ކުރެއްވީ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް ގެ ދަށުން ހަރަކާތްތެރިވާ ހަބީބު ބަޓާލިއަންގައެވެ.
ސިޔާސީ ގޮތުން ބަލާއިރު، މޮޖުތަބާ އަކީ ގިނަ ދުވަސްތަކެއް ވަންދެން ފަރުދާގެ ފުރަގަހުގައި ހުންނަވައިގެން ބާރުގަދަ ނިންމުންތައް ނިންމެވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ އަކީ އޭނާގެ ބައްޕާފުޅު އަލީ ޚާމަނާއީގެ އޮފީހުގައި އެންމެ އިތުބާރު ކުރެވޭ އެއް މުޝީރެވެ. އަދި އީރާނުގެ ސަލާމަތީ ބާރުތަކާއި އިންޓެލިޖެންސް އިދާރާތަކާ ވަރަށް ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
އަމިއްލަ ދިރިއުޅުން
މޮޖުތަބާ ޚާމަނާއީ ކައިވެނި ބައްލަވައިގެން އުޅުއްވަނީ އީރާނުގެ މަޖިލީހުގެ ކުރީގެ ރައީސް ގޮލާމް-އަލީ ހައްދާދު-އާދެލްގެ ދަރިކަނބަލުން ޒަހްރާ ހައްދާދު-އާދެލް އާއެވެ. މި ކައިވެންޏަށް ތިން ދަރިކަލުން ލިބިވަޑައިގެންފައިވެއެވެ.
ސިޔާސީ ފިކުރު
ސިޔާސީ ފިކުރަށް ބަލާއިރު، މޮޖުތަބާ ބެލެވެނީ އީރާނުގެ ކޮންޒަވޭޓިވް ނުވަތަ ހަރުކަށި ފިކުރުގެ ބޭފުޅެއްގެ ގޮތުގައެވެ. އޭނާއަކީ ހުޅަނގުގެ ގައުމުތަކާ މެދު އިތުބާރު ކުޑަ، އަދި އިސްލާމީ އިންގިލާބުގެ އަސާސީ އުސޫލުތައް އެއްވެސް އުނިކަމެއް ނެތި ހިފެހެއްޓުމަށް ވަރުގަދައަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު