މާލޭގެ ގެސްޓްހައުސްއަކަށް މީހަކު ގެންގޮސް، އެ މީހާއަށް އަނިޔާކޮށް ބިރުދައްކައިގެން ފައިސާ ފޭރުނު މައްސަލައިގައި ދައުވާ އުފުލި މީހާ ކުށަށް އިއުތިރާފުވުމުން، އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމުގެ މުއްދަތު ބަންދުގައި ހުރި ދުވަސްތަކުން ހަމަވެ އޭނާ މިނިވަންވެއްޖެއެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ވ. ބޮލިހުރާ، ހުސައިން ޔޫނުސް ފަސީހްގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރި ފޭރުމުގެ ދައުވާއަށް އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އިއުތިރާފުވެފައެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ޔޫނުސް އިތުރު ބަޔަކާ ގުޅިގެން މީހަކު ގެސްޓްހައުސްއަކަށް ގެންގޮސް، އެ މީހާއަށް އަނިޔާކުރުމަށްފަހު، އެ މީހާގެ ބޭންކް އެކައުންޓުން 30،000 ރުފިޔާ ވަނީ ފޭރިގަނެފައެވެ.
ޔޫނުސް ކުށަށް އިއުތިރާފުވުމާ ގުޅިގެން، އަދަބު ލުއިކުރުމަށްފަހު ކޯޓުން އޭނާގެ މައްޗަށް އިއްވީ ހަތަރު މަހާއި 23 ދުވަހުގެ ޖަލު ހުކުމަކާއި 28،600 ރުފިޔާގެ ޖޫރިމަނާއެކެވެ. ނަމަވެސް، މި މައްސަލައިގެ ތަހުގީގަށާއި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ހުރި މުއްދަތު ހުކުމުން އުނިކުރުމުން، އޭނާ ތަންފީޒުކުރަންޖެހޭ ޖަލު އަދަބެއް މިހާރު ނެތެވެ.
ކޯޓުގެ ހުކުމުގައިވާ ގޮތުން، ޔޫނުސް މިހާރު މި މައްސަލައިގައި ކުރަންޖެހޭނެ ހަމައެކަނި ކަމަކީ އިއްވާފައިވާ ޖޫރިމަނާގެ ފައިސާ ދެއްކުމެވެ. އެހެންކަމުން، ޖަލު ހުކުމުގެ ބައި ފުރިހަމަވެފައިވާތީ އޭނާ ވަނީ މިނިވަންވެފައެވެ.

ކިޔުންތެރިންގެ ހިޔާލު