ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ތާއީދު ކުރާކަން ހާމަކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ޕާޓީ، އެމްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އެ ޕާޓީން ފުރިހަމައަށް ތާއީދުކުރާކަމަށެވެ. އެއީ ރާއްޖޭގެ އިގުތިސާދީ ހާލަތާއި ގައުމުގެ ސުލްހަމަސަލަސް ކަމަށް ރިއާޔަތްކުރާއިރު، ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށް އެ ޕާޓިން ދެކޭ ކަމަށްވެސް އެބާޔާނުގައިވަނީ ބުނެފަ އެވެ.
ދެ އިންތިހާބު އެއްކޮށްލަން ކުރަމުންދާ މަސައްކަތަށް ސަރުކާރަށް މަރުހަބާ ކިޔަމުން އެމްޑީއޭ އިން ނެރުނު އެ ބަޔާނުގައި ބުނެފައިވަނީ އިންތިހާބުތައް އެއްކޮށްލުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި ދަރަނި މެނޭޖްކުރަން ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ސަރުކާރުން ބުނާ ބުނުމަށް އެ ޕާޓީން އެއްބަސްވާ ކަމަށެވެ. އަދި އެއީ ގައުމުގެ ކުރިމަގަށް އަޅާ ރަނގަޅު ފިޔަވަޅެއް ކަމަށެވެ. އެހެންވެ، ޕާޓީ އަބަދުވެސް ދެމިއޮންނާނީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމުގައި ކަމަށެވެ.
އެމްޑީއޭ އިން ބުނީ ޕާޓީގެ ރައީސް އަހުމަދު ސިޔާމް މުހައްމަދަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި އިގުތިސާދީ ގޮންޖެހުންތަކުން އަރައިގަންނަން ބޭނުންވާ ޒިންމާދާރު ސިޔާސަތުތައް އެކަށައަޅަން ވަކާލާތުކުރައްވާ ބޭފުޅެއް ކަމަށެވެ. މަޖިލީސް މެންބަރެއްގެ ހައިސިއްޔަތުންނާއި ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުން އޭނާ އަބަދުވެސް އިސްކަން ދެއްވަނީ އިގުތިސޯދީ ހަމަޖެހުމާއި އިޖުތިމާއީ ބަދަހިކަމަށް ކަން އެމްޑީއޭ އިން ފާހަގަކުރެ އެވެ.
ދެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައި، އެ ބިލު ސަރުކާރުގެ މެންބަރުންގެ ތާއިދާ އެކު ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް، އެ ބިލު ތަސްދީގު ކުރުމުގެ ކުރިން އާންމު ވޯޓެއް ނަގަން ޖެހެ އެވެ. އެ ވޯޓު އޮންނާނީ އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު އެވެ.
ދެ އިންތިހާބު އެއްކޮށްލަން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލޯކަލް ކައުންސިލް އިންތިޚާބާއެކު ނެގުމަށް ނިއްމާފައިވާ ރރިފަރެމްޑަމް ވޯޓުގެ ކަނތައްވެސް ކުރިއަށް ގެންދިޔުމަށް ނިންމައި އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދާއިރު، އަދި އެވޯޓަށް ސަރުކާރުން ކެމްޕެއިން ކުރަމުންދާއިރު އެކަމާ ދެކޮޅަށް އެމްޑީޕީން ދަނީ އަޑުއުފުލައި ރައްޔިތުން އެވޯޓަށް ނޫނެކޭ ބުނުމަށް ބުނެދެމުންނެވެ. އަދި އެ ޕާޓީން ވަނީ އެ ވޯޓު ހުއްޓުވަން ހައި ކޯޓަށް މައްސަލައެއްވެސް ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު