މިހާރު ރާއްޖޭގައި އިދިކޮޅު ފަރާތްތަކޭ ކިޔޭކަށް ނެތްކަމަށާއި، މިހާރު އޮތް އިދިކޮޅު ޕާޓީއަކީ ވަރަށް މަދު މީސްކޮޅެއް ކަމަށް ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޓީވީ ޝޯއެއްގައި ޖާބިރު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކުރާނެ މާބޮޑު ކަމެއް މިހާރު ނޯންނަ ކަމަށާއި އެއްވެސް ހަރަކާތެއް ހިނގާތަނެއް ވެސް ނުފެންނަ ކަމަށެވެ. ހަމައެއާއެކު، ޖާބިރު ވަނީ އިދިކޮޅު ހަރަކާތްތައް މިހާރު ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައި ކަމަށްވެސް ވިދާޅުވެފައެވެ.
މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ޖާބިރު ވިދާޅުވީ، އިންތިޚާބުތައް ބޭއްވުމަށް ކޮމިޝަނަށް ކަނޑައެޅިފައި އޮންނަނީ ވަކި ބަޖެޓެއް ކަމަށާއި، ދެ އިންތިޚާބު އެއްދުވަހެއްގައި ބާއްވައިފިނަމަ އެ ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އިންތިޚާބުތަކަށް ނުފޫޒު ފޯރުވަން ސަރުކާރުން އުޅޭކަމަށް އިދިކޮޅުން ބުނާ ބުނުމަށް ރައްދު ދެއްވަމުން ޖާބިރު ވިދާޅުވީ، އެއީ އިދިކޮޅުގައި ތިބޭތީ ދައްކާ ވާހަކަތަކެއް ކަމަށެވެ.
"އެބޭފުޅުން ކޮންމެ ވާހަކަފުޅެއް ދެއްކެވި ނަމަވެސް ދެ އިންތިހާބު އެއްދުވަހެއްގައި ނުބާއްވާންވީ ސަބަބެއް ކިޔާ ނުދެވޭ،" ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ ގައުމުގެ މަސްލަހަތު ހިފެހެއްޓޭނެ ކަމެއްކަމަށް ވިދާޅުވެ ޖާބިރުވަނީ ސަރުކާރުގެ އެ ނިންމެވުމަށް ތާޢީދު ކުރަށްވާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ފަސް އަހަރުގެ ދައުރެއްގެ ތެރެއިން ގާތްގަނޑަކަށް އެއް އަހަރު ދުވަސް އިންތިޚާބުތަކުގެ ތެރޭގައި ބޭކާރުވެގެންދާ ކަމަށް ޖާބިރު ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ޖާބިރު ވިދާޅުވީ އިންތިހާބުތަކަށްފަހު މަޖިލީހުގެ މެޖޯރިޓީ އޮންނާނެ ގޮތެއް ނޭނގި އޮންނަ އޮތުމުގެ ސަބަބުން ގައުމުގެ މަސައްކަތްތައް ހުއްޓިފައި އޮންނަ އޮތުމަށް ވެސް މިކަމުގެ ސަބަބުން ހައްލެއް ލިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު