ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އަކީ ވަކި ފަރާތަކަށް ނުޖެހޭ، އެޑިޓޯރިއަލް މިނިވަންކަން އޮންނަންޖެހޭ ތަނަކަށް ވާންޖެހެއެވެ. ގާނޫނުގައި ކަޅާ ހުދުން ސާފުކޮށް އެކަން ބަޔާންކޮށްފައިވީ ނަމަވެސް، މިއަދު ފެންނަމުންދަނީ ޤާނޫނުގެ ރޫޙާ ހިލާފަށް ޕީއެސްއެމް އިން އަމަލުކުރާ މަންޒަރެވެ. އެގޮތުން ޕީއެސްއެމް ހިނގަމުންދަނީ ސަރުކާރު ހިންގާ ޕީއެންސީގެ "ޕްރޮޕެގެންޑާ މެޝިނެއް"ގެ ގޮތުގައި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިޔުންތަކެއް ޕީއެސްއެމްއަށް އަންނަނީ އަމާޒުވަމުންނެވެ.
ވަކިން ޚާއްޞަކޮށް، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓާ (ރެފަރަންޑަމް) ގުޅިގެން ޕީއެސްއެމް އިން އަމަލުކުރަމުންދާ ގޮތުން ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ. މި މައްސަލައިގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބުގެ އިސްތިއުފާއަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ. ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރާ ގިނަ ބަޔަކު ބުނާ ގޮތުގައި، އަހުމަދު ޝަކީބަށް އެ މަގާމު ލިބިވަޑައިގެންފައިވަނީ ރައީސް ޑރ. މުޢިއްޒު ކުރައްވާ ކޮންމެ ކަމަކީ ރަނގަޅު ކަމެއް ކަމަށް ދައްކައި، ސިނގިރޭޓާއި ވޭޕް މަނާކުރުން ފަދަ ނިންމުންތަކަށް ސަނާކިޔައި، ޕޮޑްކާސްޓްތަކުގައި ވާހަކަ ދެއްކުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ޝަކީބުގެ ދައުރުގައި ޕީއެސްއެމް ފެންނަނީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް އިޚްލާޞްތެރިކަމާއެކު ގެނެސްދޭ ތަނެއްގެ ބަދަލުގައި، ރައީސް މުޢިއްޒާއި ޕީއެންސީގެ ސިޔާސީ ޖަގަހައެއްގެ ގޮތުގައެވެ.
ޝަކީބަކީ ދާއިރާގައި ޒަމާންތަކެއް ތަޖުރިބާއީ ޢިލްުމު ލިބިވަޑައިގެންފައިވާ ބޭފުޅެއް ނަމަވެސް ތަޖުރިބާގެ ބޭނުން ހިފުމުގެ ބަދަލުގައި، އޭނާ މަސައްކަތް ކުރަނީ ސަރުކާރުގެ "ގޮނޑިކޮއްކޮ" އެއްގެ ގޮތުގައި ކަމަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ތުހުމަތުކުރަމުންނެވެ. އެގޮތުން އަޑު އުފުލަމުންދާ ގިނަބަޔަކު ވަނީ ޝަކީބު މިއަދު އެގެންދަނީ ރައްޔިތުންގެ ޓެކްސް ފައިސާ އަމިއްލަ މުދާ ފަދައިން ބޭނުންކޮށް، ޕީއެސްއެމްގެ ތާރީޚުގައިވެސް ނުދެކޭ ފަދަ ނާގާބިލް، އަދި ސަރުކާރަށް އަޅުވެތިވެފައިވާ، ހިންގުންތެރިކަމެއް ނެތް ވެރިއެއްގެ ގޮތުގައި ސިފަކޮށްފައެވެ. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ޕީއެސްއެމް އިން ކުރިއަށްގެންދާ "ހޭލުން" ޕްރޮގްރާމަކީ ހަމައެކަނި ސަރުކާރުގެ ސްޓޭންޑް ޕްރޮމޯޓްކުރާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވަނީ ސަރުކާރުގެ ވަޒީރުންނާއި، ސިޔާސީ އެކްޓިވިސްޓުންނެވެ. އަދި މީގެކުރިން ސިޔާސީ ދާއިރާގައި ގިނަދުވަސްތަކެއް ހޭދައްކުރެއްވި ބޭފުޅުން "ރީލޯޑް ކުރުމަށްފަހު" އެ ޕްރޮޕެންގަންޑާ ޕްރޮގުރާމުގައި ދަނީ ބައިވެރިވަމުންނެވެ. އެޕްރޮގްރާމުގެ ހަމައެކަނި މަގުޞަދަކީ ދެ އިންތިޚާބު އެއްކޮށްލުމަށެ ވާކާލާތުކޮށް ދެ އިންތިޚާބު އެއްކޮށްލުން ނޫން ގޮތެއް ނެތްކަމަށް ނިކަމެތި ރައްޔިތުންނަށް ވިސްނައިދިނުމެވެ.
ނަމަވެސް، އިދިކޮޅު އެމްޑީޕީން ދެ އިންތިޚާބު އެއްކޮށްލުމާ ދެކޮޅަށް ގެންގުޅޭ ފިކުރަށް ޕީއެސްއެމް އިން އެއްވެސް ފުރުސަތެއް ނުދޭކަމީ ރައްޔިތުންގެ ބޮޑު ޝަކުވާއެކެވެ. ރައްޔިތުންގެ ފައިސާ އިން ސަރުކާރުގެ ސިޔާސީ އެޖެންޑާ ކުރިއަރުވާއިރު، އިދިކޮޅު އަޑުތައް ވަނީ މުޅިން ކަނޑުވާލާފައެވެ.
ޕީއެސްއެމްގެ ގާނޫނުގައި ހަމަހަމަކަމާއި މިނިވަންކަމާ ގުޅޭގޮތުން ވަރަށް ސާފު މާއްދާތަކެއް އެބަހުއްޓެވެ. އެގޮތުން
5 ވަނަ މާއްދާގެ (ކ): ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއް ނެތި ހިދުމަތް ދިނުމާއި ހަމަހަމަކަން ގާއިމުކުރުން.
5 ވަނަ މާއްދާގެ (މ): ތަފާތު ފިކުރުތަކާއި ޚިޔާލުތަކަށް ޖާގަ ދިނުން.
6 ވަނަ މާއްދާ: ނުފޫޒުން އެއްކިބާވެ، އެޑިޓޯރިއަލް މިނިވަންކަން ދެމެހެއްޓުން.
56 ވަނަ މާއްދާގެ (ރ): އާންމު ވޯޓުތަކުގައި ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ދިނުން.
މި މާއްދާތަކާ ޚިލާފަށް ޕީއެސްއެމް ހިނގަމުންދާ މައްސަލަ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް މިހާރު ވަނީ ހުށަހަޅުއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، މުއައްސަސާތަކުން ގާނޫނަށް ތަބާނުވުމަށް ބާރުދިނުން ނޫން ކަމެއް މި ސަރުކާރުން ނުކުރެއެވެ.
ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫން ޖަލީލު (ލޫކަސް) ބުނީ ރެފަރަންޑަމްގައި "އާއެކޭ" ބުނާ މީހުންނާއި "ނޫނެކޭ" ބުނާ މީހުންގެ އަޑުވެސް ގެނެސްދިނުމަކީ ދައުލަތުގެ މީޑިއާގެ ޒިންމާއެކެވެ. ނަމަވެސް ޝަކީބު ވަނީ "ނޫނެކޭ" ބުނާ މީހުންގެ އަޑު އިއްވުން ހުއްޓުވާފައެވެ. އެހެންކަމުން ޝަކީބުގެ މައްސަލަ ތަހުގީގުކޮށް، ދައުލަތުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމުގެ ދައުވާ އޭނާގެ މައްޗަށް ކުރަންޖެހޭ ކަމަށް ލޫކަސް ބުންޏެވެ.
ރައީސް މުޢިއްޒުގެ ވެރިކަމުގައި ޕީއެސްއެމްއަށް އައްޔަންކުރި ހަތަރުވަނަ އެމްޑީއަށް ވީ ނަމަވެސް، ޝަކީބުގެ ފަރާތުން ފެންނަނީ މުއައްސަސާގެ ގާނޫނީ މަގްސަދުތަކާ މުޅިން ޚިލާފު އަމަލުތަކެއް ކަމަށް އާންމުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު