އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ޙަމަލާތަކާ ގުޅިގެން ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަމުން ސަލާމަތްވުމަށްޓަކައި، ބަންގްލަދޭޝްގެ ހުރިހާ ޔުނިވަރސިޓީތަކެއް މިއަދުން ފެށިގެން ބަންދުކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
މި ނިންމުމާއެކު، ކުރިން ރޭވިފައި އޮތް ތާރީޚަށްވުރެ އަވަހަށް އެޤައުމުގައި ފިތުރު އީދު ބަންދު ވަނީ ފަށާފައެވެ. ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، މި ފިޔަވަޅަކީ ކަރަންޓާއި ތެޔޮ އިގްތިސާދު ކުރުމަށް އެޅި ކުއްލި ފިޔަވަޅެކެވެ. މި ނިންމުން އެ ގައުމުގެ ސަރުކާރު އަދި އަމިއްލަ ހުރިހާ ޔުނިވަރސިޓީތަކަކަށް ހިނގާނެއެވެ.
ޔުނިވަރސިޓީތައް ބަންދުކުރުމުން ކަރަންޓު ބޭނުންކުރާ މިންވަރު މަދުވުމުގެ އިތުރުން، މަގުތަކުގެ ޓްރެފިކް ކުޑަވެ، ތެޔޮ އިސްރާފުވުން ހުއްޓުވޭނެ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. ޚާއްޞަކޮށް ޔުނިވަރސިޓީތަކުގެ ދަނާލުތަކާއި، ކްލާސްރޫމްތަކާއި، ލެބޯޓްރީތަކުގެ އިތުރުން އެއަރކޮންޑިޝަންތަކަށް ގިނަ އަދަދެއްގެ ކަރަންޓު ހޭދަވާކަން ސަރުކާރުން ފާހަގަކުރެއެވެ.
ބަންގްލަދޭޝްގެ ސަރުކާރު އަދި އަމިއްލަ ސްކޫލްތައް ރަމަޟާން މަހުގެ ބަންދަށް މިހާރުވެސް ވަނީ ބަންދުކޮށްފައެވެ. އެހެންކަމުން، މި އާ ނިންމުމާއެކު އެ ގައުމުގެ ގިނަ ތައުލީމީ މުއައްސަސާތައް މިހާރު ވަނީ ބަންދުކޮށްފައެވެ.
ބަންގްލަދޭޝްއަކީ އެ ގައުމަށް ބޭނުންވާ ހަކަތައިގެ 95 އިންސައްތަ އިމްޕޯޓްކުރާ ގައުމެކެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އުފުލި، ސަޕްލައިއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މި ހާލަތާ ގުޅިގެން، އެ ގައުމުން ވަނީ ތެޔޮ ވިއްކާ މިންވަރުވެސް މިދިޔަ ހުކުރު ދުވަހުން ފެށިގެން ލިމިޓްކޮށްފައެވެ.
މީގެ އިތުރުން، ބޭރުގެ މުގައްރަރުތަކަށް ކިޔަވައިދޭ ސްކޫލްތަކާއި ޕްރައިވެޓް ކޯޗިންގ ސެންޓަރުތައްވެސް މި ދުވަސްވަރު ބަންދުކުރުމަށް ވަނީ އަންގާފައެވެ. އަދި ގޭހުގެ ދަތިކަން ބޮޑުވުމުގެ ސަބަބުން، ގައުމީ ފަސް ފާޓިލައިޒާ ފެކްޓްރީގެ ތެރެއިން ހަތަރު ފެކްޓްރީއެއްގެ މަސައްކަތް ވަނީ ހުއްޓާލާފައެވެ. އެ ފެކްޓްރީތަކަށް ދޫކުރާ ގޭސް މިހާރު ބޭނުންކުރަމުންދަނީ އިންޖީނުގެތައް ހިންގުމަށެވެ.
ބަންގްލަދޭޝްގެ އެނާޖީ މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ، ހަކަތަ ބޭނުންކުރާ މިންވަރު މަދުކޮށް، ގައުމުގެ ހަކަތައިގެ ސަޕްލައި ހަމަހަމަކަންމަތީ ހިފެހެއްޓުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ. މިގޮތުން ބޮޑު އަގުގައި ބޭރުގެ މާކެޓުން އެލް.އެން.ޖީ ގަތުމުގެ މަސައްކަތްވެސް އެ ގައުމުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު