އާންމު ދަތުރުފަތުރާއި ފެރީގެ ޚިދުމަތްދޭ ފަރާތްތަކަށް، ކުރިންވެސް ކަނޑައަޅާފައިވާ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެސްޓީއޯ އިން ހާމަކޮށްފިއެވެ.
އެސްޓީއޯ އިން މިކަން ހާމަކުރީ، މެދުއިރުމަތީގެ މަސްރަހަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކަށް ވިއްކާ ތެލުގެ އަގަށް ގެނައި ބަދަލާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައެވެ.
އެސްޓީއޯ އިން ބުނީ، ސަރުކާރުން މަސްވެރިންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ 'ފަހިހަކަތަ' ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ހިމެނޭ އަގުތަކުގައި ކުރިއެކޭވެސް އެއްގޮތަށް ތެޔޮ ލިބޭނެ އިންތިޒާމު ދެމިއޮންނާނެ ކަމަށެވެ.
"މާލެ ސަރަހައްދުގައި ހުންނަ އެފްއެސްއެމްގެ ފިއުލް ޝެޑްތަކުން ތެޔޮ ވިއްކާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވާނެ. އަދި އަތޮޅުތެރޭގައި އެސްޓީއޯ އިން ތެޔޮ ގަނެގެން ޝެޑްތައް ހިންގާ ފަރާތްތަކަށްވެސް ކުރީގެ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި." އެސްޓީއޯގެ ބަޔާނުގައި ވެއެވެ.
ހަމައެއާއެކު އެސްޓީއޯ އިން ބުނީ، މިއީ އާންމު ރައްޔިތުންނަށް މާލީ ގޮތުން އިތުރު ބުރައެއް ކުރިމަތިނުވާނެހެން ޕެޓްރޯލާއި ޑީސަލް ފޯރުކޮށްދިނުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ.
ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިޔަ ނަމަވެސް، މި މަހުގެ ކުރީކޮޅު ގެނައި ބަދަލަށްފަހު އާންމުންނަށް ވިއްކާ ތެލުގެ އަގަށް އިތުރު ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެގޮތުން، މިހާރުވެސް މާލެ ސަރަހައްދުގައި ޕެޓްރޯލް ލީޓަރެއް 16.01 ރުފިޔާ އަށް އަދި ޑީސަލް ލީޓަރެއް 17.54 ރުފިޔާ އަށް ލިބެން ހުންނާނެއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބޮޑު ބަދަލާ ގުޅިގެން ރާއްޖޭގައި ވެސް ޕެޓްރޯލާއި ޑީސަލްގެ އަގުތައް އުފުލި، އަތޮޅުތަކުގެ މެދުގައި ދަތުރުކުރާ އަމިއްލަ ލޯންޗުފަހަރުގެ ޓިކެޓުގެ އަގުތަކަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ.
ތެލުގެ އަގަށް އައި މި ކުއްލި ބަދަލާ އެކު، ކުރިއަށް އޮތް ފިތުރު އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރަން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި ލޯންޗުތަކާއި ފެރީތަކުގެ ޓިކެޓުގެ އަގުތައް ވަނީ މައްޗަށް ގޮސްފައެވެ. ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު މިހާ ބޮޑަށް އުފުލެން މެދުވެރިވީ، ރޯދަމަސް ފެށުނުތަނާހެން އިސްރާއީލާއި އެމެރިކާއިން އިރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ.
ތެޔޮ އިމްޕޯޓްކުރުމުގައި ދިމާވެދާނެ ދަތިތަކުން ސަލާމަތްވުމަށްޓަކައި، އެސްޓީއޯ މެދުވެރިކޮށް ސަރުކާރަށް ލިބޭނެ ކަމަށް ލަފާކުރާ ފައިދާ ބޭނުންކޮށްގެން ތެލުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު