އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ފާޅުކުރެއްވި ކަންބޮޑުވުންތަކާ ގުޅިގެން، ރާއްޖޭގެ ބާޒާރުގައި ތެޔޮ ވިއްކާ އަގުތަކަށް އެސްޓީއޯއިން އަވަސް ބަދަލުތަކެއް ގެނެސްފިއެވެ.
އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ގައުމުތަކަށް އައި އިޣްތިޞާދީ ހީނަރުކަމުގެތެރެއިން މުޅި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، އެސްޓީއޯއިން ވަނީ މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ތެލުގެ އަގު ބޮޑުކޮށްފައެވެ. އެ ބަދަލާއެކު ޕެޓްރޯލް ލީޓަރަކުން 2.51 ރުފިޔާ ބޮޑުވެ 16.01 ރުފިޔާއަށް އަދި ޑީސަލް ލީޓަރަކުން 3.62 ރުފިޔާ ބޮޑުވެ 17.54 ރުފިޔާއަށް ވަނީ އުފުލިފައެވެ. މިއީ ޕެޓްރޯލުން 18.6 އިންސައްތަ އަދި ޑީސަލުން 26 އިންސައްތައިގެ ބޮޑުވުމެކެވެ.
ނަމަވެސް، އައްޑޫ ސިޓީގައި ތެޔޮ ވިއްކާ އަގުތައް އެސްޓީއޯގެ ކޮންޓްރޯލް އަގަށްވުރެ މާ މަތީގައި ހުރިކަން ފާހަގަކުރައްވައި މޭޔަރު އަލީ ނިޒާރު ވަނީ އިއްޔެ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނިޒާރު ވިދާޅުވި ގޮތުގައި އައްޑޫގައި ޕެޓްރޯލް ލީޓަރެއް 29.26 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 30.13 ރުފިޔާއަށް ވިއްކަމުންދާއިރު، މިއީ ދުނިޔޭގެ ބާޒާރުގެ ނިސްބަތުން ބަލާއިރު ބަލައިގަނެވޭނެ އަގުތަކެއް ނޫން ކަމަށް ނިޒާރު ފާހަަގަކުރެއްވިއެވެ.
މޭޔަރުގެ މި ޕޯސްޓާއެކު އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެ، ޕްރެޝަރު ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން އެސްޓީއޯއިން ވަނީ އަގުތަކަށް ލުޔެއް ދިނުމަށް ނިންމާފައެވެ.
އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނީ އާންމު ދަތުރުފަތުރާއި ފެރީގެ ޚިދުމަތްދޭ ފަރާތްތަކަށް ކުރިންވެސް ކަނޑައަޅާފައިވާ އަގުތަކުގައި ތެޔޮ ފޯރުކޮށްދޭނެ ކަމަށެވެ. އަދި މަސްވެރިންނަށް 'ފަހިހަކަތަ' ޕްރޮގްރާމްގެ ދަށުން ސަބްސިޑީ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ދެމިއޮންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، މާލެ ސަރަހައްދުގެ އެފްއެސްއެމް ޝެޑްތަކުން ވިއްކާ އަގަށް ބަދަލެއް ނާންނާނެ ކަމަށާއި، އަތޮޅުތެރޭގައި އެސްޓީއޯއިން ތެޔޮ ގަނެގެން ޝެޑްތައް ހިންގާ ފަރާތްތަކަށްވެސް ކުރީގެ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވާކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެެ.
މިއިންވެސް ދޭހަވަނީ ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ފަދަ ބަޔަކު ކައުންސިލްތަކުގައި ތިބުމުގެ މުހިންމުކަމެވެ. ސަރުކާރަށް ސަނާކިޔާ ބަޔަކު ކައުންސިލްތަކަށް ހޮވައިގެން ރައްޔިތުންނަށް ލިބޭނީ ހުސް ގެއްލުން ކަމެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާނެ މަންދޫބުން އިންތިޚާބު ކުރުމަކީ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު މަންފާއެވެ.

ކިޔުންތެރިންގެ ހިޔާލު