މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާތީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސްރީ ލަންކާގެ ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އެޤައުމުގެ ސަރުކާރުން ކަނޑައަޅައިފިއެވެ.
މި ނިންމުމާ ގުޅޭގޮތުން ސްރީ ލަންކާގެ ކޮމިޝަނަ ޖެނެރަލް އޮފް އެސެންޝަލް ސާވިސަސް، ޕްރަބާތު ޗަންދުރަކީރްތީ ވިދާޅުވީ، މި ބަދަލާއެކު ދައުލަތުގެ މުއައްސަސާތައް ދެން ހުޅުވާނީ ހަފުތާއަކު ހަތަރު ދުވަހު ކަމަށެވެ. އަދި މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް ކަނޑައަޅަންދެން މި އުސޫލަށް އަމަލުކުރަމުންދާނެ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
މި ނިންމުމުގެ ދަށުން ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހު ސަރުކާރުގެ އޮފީސްތަކާއި، ސްކޫލްތަކުގެ އިތުރުން ޔުނިވަރސިޓީތަކާއި ކޯޓުތައް ވެސް ބަންދުވާނެއެވެ. މީގެއިތުރުން، އެގައުމުގެ ސަރުކާރުން ބާއްވަން ރޭވިފައިވާ އިވެންޓުތައް ވެސް ވަނީ މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައެވެ. ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން، އަމިއްލަ ކުންފުނިތަކުން ވެސް މި އުސޫލަށް ތަބާވުމަށް ލަންކާ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ލޮޅުންތަކުގެ ސަބަބުން، އިތުރަށް ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ (ވޯކް ފްރޮމް ހޯމް) އިންތިޒާމުތަކެއް ހަމަޖެއްސުމަށް ވެސް ލަންކާ ސަރުކާރުން ވިސްނަމުންދާކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މި ފިޔަވަޅުތަކަކީ އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ހަކަތައަށް ކުރާ ހޭދަ ކުޑަކުރުމަށް އެޅި މުހިންމު ފިޔަވަޅުތަކެއް ކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު