މިއަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވާ ތަކެތި، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބަހަން ފަށާފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.
މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު، އެ ތަކެތި ބެހުމުގެ މަސައްކަތް ކުރިއަށްދާނީ މިމަހުގެ 17 އަދި 18 ވަނަ ދުވަހުއެވެ. ގޮވާމުން ލިބުނު ތަކެތި ބަހަމުން ދަނީ މާލޭގައި ހުންނަ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައެވެ.
ޒަކާތު ހައުސްއިން ބުނީ، ޒަކާތް ބަހަމުންދާނީ މި ދެ ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް އަދި މެންދުރުފަހު 13:00 އިން 15:00 އަށެވެ. މި ތަކެތި ބަހަނީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މާލެ ސިޓީގައި ދިރިއުޅޭ ފަރާތްތަކަށެވެ.
ދަޢުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޒަކާތު ހައުސްގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނަރަލް މޫސާ މުޢިއްޒު ވިދާޅުވީ، މިހާތަނަށް 5.7 ޓަނުގެ ގޮވާން ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި އެންމެ ގިނައީ ބާސްމަތީ ހަނޑުލެވެ. އެގޮތުން 3.2 ޓަނުގެ ބާސްމަތީ ހަނޑުލާއި، 1.4 ޓަނުގެ އާދައިގެ ހަނޑުލުގެ އިތުރުން 300 އެއްހާ ކިލޯގެ ފުއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މޫސާ މުޢިއްޒު އިތުރަށް ވިދާޅުވީ، ފަޤީރުންނަށް ބެހުމަށްފަހު ބާކީވާ ތަކެތި ބޭނުންޖެހިފައިވާ އެހެން ފަރާތްތަކަށް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިމަހުގެ 19 ވަނަ ދުވަހު އެ ތަކެތި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާ ޙަވާލުކުރެވޭނެއެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ޒަކާތުގެ ގޮތުގައި 5.4 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ފާއިތުވި ތިން އަހަރާ އަޅާބަލާއިރު ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު އެންމެ ގިނައިން ޒަކާތް ލިބުނު އަހަރެވެ. ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ޖަމާކުރާނީ ފަޤީރުންގެ ދަފްތަރުގައިވާ ފަރާތްތަކުގެ ބޭންކް އެކައުންޓްތަކަށް ކަމަށްވެސް ޒަކާތު ހައުސްއިން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު