ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެކަމުގެ މައިގަނޑު އޮނިގަނޑު ނުވަތަ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރު) ގައި ދެ ޤައުމުން މިއަދު ސޮއިކޮށްފިއެވެ.
މި މުހިންމު ކުރިއެރުމާ ގުޅޭ މަޢުލޫމާތު ހާމަކޮށްފައިވަނީ އިންޑިއާގެ މިނިސްޓަރ އޮފް ކޮމާސްއިން އެ ޤައުމުގެ މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައެވެ. އިންޑިއާގެ ކޮމާސް މިނިސްޓަރ ވިދާޅުވެފައިވަނީ، ރާއްޖެއާއެކު ސޮއިކުރަނީ ފުރިހަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ކަމަށެވެ. ނަމަވެސް، މި އެއްބަސްވުމުގެ ދަށުން ކުރިއަށްދާނެ ކަންކަމުގެ ތަފްސީލީ މަޢުލޫމާތު އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ދެ ޤައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ މަޝްވަރާތައް ފެށުމަށް ނިންމާފައިވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. މި އެއްބަސްވުމަކީ ރާއްޖޭގެ އިޤްތިޞާދީ ގުޅުންތައް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސިފަކުރެއެވެ.
މިކަމާ ގުޅޭގޮތުން ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނީ، މިއީ ވިޔަފާރީގެ ފުރުޞަތުތައް ފުޅާކުރުމަށާއި އިޤްތިޞާދީ ގޮތުން ދެ ޤައުމުގެ ގުޅުން ވަރުގަދަކުރުމަށް އެކުލަވާލެވޭ ފުރިހަމަ އިދާރީ އޮނިގަނޑެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ވިޔަފާރިކުރުމަށް ހުރި ހުރަސްތައް ނެތިގޮސް، ބޭރުގެ އިންވެސްޓްމަންޓްތަކަށް ރާއްޖެއިން އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، މި އެއްބަސްވުމުގެ ސަބަބުން ބޯޑަރު ހުރަސްކޮށް ކުރެވޭ ވިޔަފާރިތަކަށް ލުއިތަކެއް ލިބި، އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ތަޢާރަފްކުރުމާއި، ލޯކަލް ކަރަންސީ ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމުތައް ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ.
ޓީއޯއާރަކީ ފުރިހަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދިއުމުގެ ކުރިން، މަޝްވަރާތައް ކުރިއަށްގެންދާނެ ދާއިރާތަކާއި އުސޫލުތައް ކަނޑައަޅައި އެކުލަވާލެވޭ މައިގަނޑު އޮނިގަނޑެވެ. މިއީ ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ބިންގަލެއް ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސްއިން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު