އީރާނުގެ ރޫޙާނީ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އާއި ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ އަލީ ލާރިޖާނީ އަވަހާރަކޮށްލުމާ ގުޅިގެން، އެ ޤައުމުގެ ބާރުތައް ހުރި ގޮތާ މެދު ދިރާސާކުރާ ފަރާތްތަކުން ސުވާލު އުފައްދަން ފަށައިފިއެވެ. އަދި މިކަމުގެ ސަބަބުން ހަރުކަށި ފިކުރުގެ ޒުވާން ލީޑަރުންތަކެއް ކުރިއަށް އައުމުގެ ފުރުޞަތު އޮތް ކަމަށް ވެސް އެފަރާތްތަކުން ބުނެއެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ނުފޫޒުގަދަ ސެކްރެޓަރީ އަލީ ލާރިޖާނީ އަވަހާރަކޮށްލުމާއެކު، އެ ޤައުމުގެ ވެރިކަމާ ދެން ހަވާލުވާނީ ކާކުތޯ ބޮޑެތި ބަހުސްތަކެއް ވަނީ ފެށިފައެވެ. ލާރިޖާނީއަކީ ސަރުކާރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސަޚުޞިއްޔަތެވެ. އޭނާ އިސް ދައުރަކަށް ވަޑައިގަތީ، ފެބްރުއަރީ 28 ގައި އިޒްރޭލާއި އެމެރިކާއިން އީރާނަށް ދޭން ފެށި ހަމަލާތަކުގައި އާޔަތުﷲ އަލީ ޚާމަނާއީ އާއި އަސްކަރީ އަދި ސިޔާސީ އިސް އެތައް ބޭފުޅުންނެއް އަވަހާރަކޮށްލުމާ ގުޅިގެންނެވެ.
ޚާމަނާއީގެ ފިރިހެން ދަރިކަލުން މުޖުތަބާ ޚާމަނާއީއަކީ އޭނާގެ ބައްޕަގެ ވަލީއަހުދު ކަމަށް އިޢުލާން ކުރެވިފައިވީ ނަމަވެސް، އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި އޭނާ ހުންނެވީ ޒަޚަމްވެފައެވެ. އަދި އޭނާއަކީ މީގެ ކުރިން ސަރުކާރުގެ އެއްވެސް އިސް މަޤާމެއް އަދާކުރައްވާފައިވާ ބޭފުޅެއް ނޫން ކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. މިއާއެކު ތެހެރާންގެ ކޮމާންޑް ސްޓްރަކްޗާ އޮތް ގޮތާއި، އެންމެ ބާރުގަދަ ފަރާތްތަކަކީ ކޮބައިތޯ ބޭރުގެ މުޙައްލިލުން ދަނީ ބަލަމުންނެވެ.
ނުފޫޒުގަދަ ބޭފުޅުން
ލާރިޖާނީގެ މަޤާމަށް ވަޑައިގަންނަވާނީ ކާކުކަން އަދި މުޅިން ސާފުނުވާ ކަމަށް މުޙައްލިލުން ބުނެއެވެ. އީރާނުގެ ކަންކަން ދިރާސާކުރާ ރިޒާ އެޗް އަކްބަރީ ވިދާޅުވި ގޮތުގައި، ޤާނޫނުއަސާސީގައި ކަންކަން ކުރަންޖެހޭނެ ގޮތްތަކެއް ކަނޑައެޅިފައި އޮތް ނަމަވެސް، ވަކި ބޭފުޅެއްގެ ނަން ލަފާކުރުމަކީ މިވަގުތު އުނދަގޫ ކަމެކެވެ.
ގިނަ އަދަދެއްގެ އިސްވެރިން އަވަހާރަކޮށްލުމުގެ ސަބަބުން، ކުރިން މާ ބޮޑަށް ފާހަގަނުކުރެވޭ ފަރާތްތަކެއް ބާރުވެރި މަޤާމުތަކަށް އައުމަކީ އެކަށީގެންވާ ކަމެކެވެ. ސްޓިމްސަން ސެންޓަރުގެ ބާބަރާ ސްލޭވިން އަލްޖަޒީރާއަށް ބުނި ގޮތުގައި، ލާރިޖާނީގެ ބަދަލުގައި ވަގުތުން މީހަކު އައްޔަން ނުކުރުމަކީ އީރާނުގެ މަޞްލަޙަތުގައި އޮތް ކަމަކަށް ވެދާނެއެވެ. އެއީ އެ މަޤާމަށް އަންނަ މީހަކު އަނެއްކާވެސް ދީފާނެ ހަމަލާއަކުން ސަލާމަތް ކުރުމުގެ ގޮތުންނެވެ.
ސްލޭވިން ފާހަގަކުރި ގޮތުގައި ސިޔާސީ އަދި އަސްކަރީ ގޮތުން ނުފޫޒުގަދަ ބައެއް ބޭފުޅުން އަދިވެސް އެބަތިއްބެވިއެވެ. އޭގެ ތެރޭގައި މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް، ނިއުކްލިއާ މަޝްވަރާތަކުގައި އިސްކޮށް އުޅުއްވި ސައީދު ޖަލީލީ، ކުރީގެ ޚާރިޖީ ވަޒީރު އަލީ އަކްބަރު ޞާލިޙީ، ކުރީގެ ރައީސް ޙަސަން ރޫޙާނީ އަދި އައި.އާރު.ޖީ.ސީގެ ކުރީގެ ވެރިޔާ މުޙްސިން ރިޒާއީ ހިމެނެއެވެ.
ނިޒާމުގެ ދެމެހެއްޓެނިވިކަން
އާޔަތުﷲ އަލީ ޚާމަނާއީ 36 އަހަރު ވަންދެން އީރާނުގެ ވެރިކަން ކުރެއްވިއިރު، އެ ޤައުމުގެ އެތެރޭގެ އަދި ބޭރުގެ ނިންމުންތައް ނިންމެވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ އެކަލޭގެފާނެވެ. ނަމަވެސް، އީރާނުގެ ވެރިކަމުގެ ނިޒާމަކީ އެކަކަށްވުރެ ގިނަ ފަރާތްތަކެއްގެ މައްޗަށް ބާރުތައް ބެހިފައިވާ (decentralised) ނިޒާމެއް ކަމަށް އަކްބަރީ ބުނެއެވެ. އޭނާ ވިދާޅުވީ އީރާނުގެ ނިޒާމަކީ މިފަދަ ބޮޑެތި ގޮންޖެހުންތަކަށް ކެތްކުރެވޭ ގޮތަށް ބައްޓަންކޮށްފައިވާ ނިޒާމެއް ކަމަށެވެ.
އެހެންނަމަވެސް، ޚާމަނާއީ އާއި ބަސީޖް ފައުޖުގެ ކޮމާންޑަރު ޣުލާމްރިޒާ ސުލައިމާނީ ފަދަ އިސްވެރިން އަވަހާރަކޮށްލުމުން، އީރާނުގެ ކޮމާންޑް ސްޓްރަކްޗާއަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށް މުޙައްލިލުން އެއްބަސްވެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އީރާނުގެ ވެރިކަން ބަދަލުކުރަން ބޭނުންވާ ކަމަށް ވިދާޅުވި ނަމަވެސް، މި ހަމަލާތަކުން އެކަނި އީރާނުގެ ވެރިކަން ވެއްޓިދާނެ ކަމަކަށް މުޙައްލިލުން ނުދެކެއެވެ.
މުޙައްމަދު އަލްމަސްރީ ނަމަކަށް ކިޔާ ޕްރޮފެސަރަކު ވިދާޅުވި ގޮތުގައި، ކޮންމެ ލީޑަރަކު އަވަހާރަވިޔަސް އެހެން ލީޑަރަކު އަންނާނެއެވެ. އެހެންކަމުން އީރާނުގެ ވެރިކަން މުޅިން ރޫޅިގެން ހިނގައިދާނެ ކަމަށް ނުބެލެވެއެވެ. ނަމަވެސް، މިކަމުގެ ސަބަބުން ހަނގުރާމަ ހުއްޓާލުމަށް އޮތް ފުރުޞަތުތައް ވަނީ ހަނިވެފައެވެ. ސަބަބަކީ އަލީ ލާރިޖާނީއަކީ ހުޅަނގާއެކު މަޝްވަރާކޮށް، މަސްރަޙު ފިނިކުރުމުގެ ޤާބިލުކަން ހުރި ބޭފުޅަކަށް ވުމެވެ.
ޒުވާން ޖީލު
އަލީ ލާރިޖާނީއަކީ ޚާމަނާއީ އަވަހާރަކޮށްލި ފަހުން ޤަތުލުކޮށްލެވުނު އެންމެ މަތީ ފަންތީގެ ސިޔާސީ ބޭފުޅާއެވެ. ދިރާސާކުރާ ފަރާތްތަކުން ކަންބޮޑުވަނީ، މަޝްވަރާގެ މަގު އިޚްތިޔާރުކުރާ އިސްވެރިން މަދުވުމުގެ ސަބަބުން، ހަރުކަށި ފިކުރުގެ ޒުވާން ޖީލެއް އީރާނުގެ ބާރުގެ ތެރެއަށް އަތްގަދަކޮށްފާނެތީއެވެ.
އަކްބަރީ ފާހަގަކުރެއްވި ގޮތުގައި، އީރާނުގެ ދައުލަތް މިހާރު ހަލުވިކަމާއެކު "ސެކިއުރިޓީ ސްޓޭޓް" އަކަށް ބަދަލުވަމުންދާއިރު، ސިޔާސީ މީހުންނާއި ޑިޕްލޮމެޓުންނަށްވުރެ ބޮޑަށް އަސްކަރީ އަދި ޖާސޫސީ އިސްވެރިންގެ ނުފޫޒު ދަނީ ގަދަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު