އައްޑޫ ސިޓީ ހިތަދޫ ހިއްކި ސަރަހައްދުގައި އިއްޔެ ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކު، އިތުރު ފަރުވާއަށް މިއަދު މާލެ ގެނެސްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:50 ހާއިރު، ހިތަދޫ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި ފުރޮޅާލުމުގެ ސަބަބުންނެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ކާރު ދުއްވި ބާރުމިނުގެ ސަބަބުން ކޮންޓްރޯލް ނުކުރެވިގެންނެވެ. މި ހާދިސާގައި ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މި އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ. އޭގެ ތެރެއިން އެންމެ ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ކާރު ދުއްވަން އިން އުމުރުން 41 އަހަރުގެ މީހާއަށެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނި ގޮތުގައި، ހާލު ދެރަވި ޑްރައިވަރަށް ފަރުވާ ދެމުންދިޔައީ ވެންޓިލޭޓަރުގެ އެހީގައެވެ. އޭނާގެ ހާލަތު ސީރިއަސްވުމުގެ ސަބަބުން، އިތުރު ފަރުވާ ހޯދުމަށް މިއަދު ހެނދުނު ވަނީ މާލެއަށް ގެނެސްފައެވެ.
މި ހާދިސާގައި އަނިޔާވި އަނެއް ތިން މީހުންނަށް ފަރުވާ ދިނުމަށްފަހު، މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު