މަކަރާއި ހީލަތް ހެދުމަކީ އެއްވެސް ހާލެއްގައި އެއީ ތިމާއަށް ލިބޭ މޮޅެއް ނުވަތަ ކުރެވޭ ކާމިޔާބު ކަމެއް ކަމުގައި ދެކިގެން ނުވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ ރާއްޖޭގައި ބާއްވާ މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުވަތަ ރިފަރަންޑަމަކަށް ދިއުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން، އެކަމާ ދެކޮޅަށް އަޑުއުފުއްލަވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ޖަމީލް ވަނީ މި ރިފަރަންޑަމްގައި "ނޫނެކޭ" ބުނުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.
"މަކަރާއި ޙީލަތަކީ އެއްވެސް ޙާލެއްގައި ތިމާއަށް ކުރެވޭ މޮޅުކަމެއްގައި ދެކިގެން ނުވާނެ،" ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ޖަމީލް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސީ ނިންމެވުންތަކަށް އިޝާރާތް ކުރައްވައި ޖަމީލް ވިދާޅުވީ، ރައީސްގެ "މަގުފުރެދުމުގައި" އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.
ޖަމީލް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ފެނިގެންދިޔައީ ވަރަށް ބޮޑަށް ޝުކުރުވެރިވާ ގޮތް ދައްކައިގެން އުޅުނު މަންޒަރު ކަމަށެވެ. އެހެންނަމަވެސް މިއަދު ފެންނަނީ މުޅި ނިޒާމު "ޖަހައިގަންނަން" ކެތްމަދުވެފައިވާ މަންޒަރު ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
އެހެންކަމުން، ޕީއެންސީގެ ސިޔާސަތުތަކަށާއި ދެ އިންތިޚާބު އެއްކުރުމަށް ކުރާ މަސައްކަތަށް ބޮޑުކޮށް "ނޫނެކޭ" ބުނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު