ވިއެޓްނާމަށް ކުރިމަތިވެފައިވާ ޖެޓް ފިއުލް ނުވަތަ މަތިންދާބޯޓަށް އަޅާ ތެލުގެ ދަތިކަމުގެ ސަބަބުން، އެ ގައުމުގެ ގައުމީ އެއަރލައިން "ވިއެޓްނާމް އެއަރލައިންސް" އިން އަންނަ އެޕްރީލް މަހުން ފެށިގެން އެތެރެވަރީގެ ދަތުރުތައް މަދުކުރުމަށް ތައްޔާރުވަމުންދާ ކަމަށް އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
އެ އިދާރާއިން މައުލޫމާތުދޭ ގޮތުގައި، އޭވިއޭޝަން ދާއިރާއަށް ދިމާވެފައިވާ މި ދަތިކަމުގެ ސަބަބުން ތެޔޮ އިގްތިސާދު ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ހަފްތާއަކު ގާތްގަނޑަކަށް 23 ފްލައިޓް ކެންސަލް ކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެތެރެވަރީގެ ހަތް މަންޒިލަކަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް އެ އެއަރލައިނުން ވަނީ ކަނޑައަޅާފައެވެ.
މި ނިންމުމުގެ ސަބަބުން މައިގަނޑު ގޮތެއްގައި އަސަރުކުރާނީ ދެވަނަ ދަރަޖައިގެ ރޫޓުތަކަށެވެ. މީގެ ތެރޭގައި ހައި ފޮންގް އިން ބުއޮން މާ ތުއޮޓް، ފޫ ކުއޮކް އަދި ކަން ތޯ އަށް ކުރާ ދަތުރުތަކުގެ އިތުރުން، ހޯ ޗީ މިން ސިޓީ އިން ވަން ޑޮން އަދި ޑިއެން ބިއެން އަށް ކުރާ ދަތުރުތައް ހިމެނެއެވެ. ކަމާބެހޭ އިދާރާތަކުން ހާމަކުރި ގޮތުގައި، މި ދަނޑިވަޅުގައި އިސްކަންދޭނީ ފަތުރުވެރިކަމާއި، ވިޔަފާރިއާއި، އަދި ކޮންމެހެން ކުރަންޖެހޭ މުހިންމު ދަތުރުތަކަށް ބޭނުންވާ މައިގަނޑު ރޫޓުތަކަށެވެ. އަދި އެހާ މުހިންމު ނޫން ދަތުރުތައް މި ދަނޑިވަޅުގައި މަދުކުރެވޭނެ ކަމަށް އެ ފަރާތުން ބުނެއެވެ.
ތެލުގެ މި ދަތިކަން ކުރިމަތިވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އައިސްފައިވާ ބޮޑެތި ލޮޅުންތަކެވެ. މިއީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ނުތަނަވަސްކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. ވިއެޓްނާމަކީ ބޭރު ގައުމުތަކުން އެތެރެކުރާ ޖެޓް ފިއުލް އަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމަކަށް ވާއިރު، ޗައިނާ އާއި ތައިލެންޑް ފަދަ މުހިންމު ގައުމުތަކުން ތެޔޮ ބޭރުކުރުން ހިފަހައްޓާފައިވުމުން، އެއަރލައިންތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
މި ހާލަތާ ގުޅިގެން ވިއެޓްނާމް އެއަރލައިންސް އާއި އެހެނިހެން އެއަރލައިންތަކުން ދަނީ ބައިނަލްއަގުވާމީ ދަތުރުތަކުގެ އަގަށް 'ފިއުލް ސަރޗާޖް' ނުވަތަ ތެލުގެ އަގަށް އަންނަ ބަދަލާ ގުޅޭ އިތުރު ފީއެއް ނެގުމަށް ތައްޔާރުވަމުންނެވެ. މީގެ ސަބަބުން ދަތުރުވެރިން ޓިކެޓަށް ކުރަންޖެހޭ ހޭދަ ބޮޑުވެގެންދާނެއެވެ. މުޅި ސަރަހައްދަށް ބަލާއިރުވެސް، ތެލުގެ އަގު އުފުލި، ތެޔޮ ލިބޭނެކަމުގެ ޔަގީންކަން ކުޑަވުމުގެ ސަބަބުން އެއަރލައިންތަކުން ދަނީ ދަތުރުތަކުގެ ޝެޑިއުލްތަކަށް ބަދަލު ގެނެސް، އޮޕަރޭޝަންތައް އަލުން މުރާޖައާ ކުރަމުންނެވެ.
ކަމާބެހޭ ފަރާތްތަކުން އިންޒާރު ދީފައިވަނީ، ދުނިޔޭގެ މަސްރަހުގައި އުފެދިފައިވާ ނުތަނަވަސްކަން މިގޮތަށް ދެމިއޮވެއްޖެނަމަ، ކުރިއަށް އޮތް ތަނުގައި ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު