ރާއްޖޭގެ 15 އަތޮޅެއްގައި އަލަށް ގާއިމުކުރާ 19 ޕަބްލިކް ވޯކްސް ޔުނިޓަކަށް ޖުމްލަ 456 މުވައްޒަފުން ނެގުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ސިޓީސް، ފްލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ޔުނިޓްތަކުގެ އިތުރުން 4 މޮބައިލް ޔުނިޓެއް ވެސް ގާއިމުކުރެވޭނެއެވެ. މި މަޝްރޫއަށް ބޭނުންވާ އިކުއިޕްމަންޓާއި މެޝިނަރީޒް ހޯދުމަށް ގާތްގަނޑަކަށް 9.1 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 140 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، އެ ތަކެތި ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި އަތޮޅުތަކުގައި އޮފީސް އިމާރާތާއި ގަރާޖު ފަދަ ތަންތަން ހެދުމަށް ބޭނުންވާ ބަޖެޓު މިހާރު ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން މިހާތަނަށް 141 މަގާމަކަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ހއ. ދިއްދޫ، ނ. މަނަދޫ، އދ. މަހިބަދޫ، ވ. ފެލިދޫ، ތ. ވޭމަންޑޫ އަދި ގއ. ވިލިނގިލި ހިމެނެއެވެ. ކޮންމެ ޔުނިޓަކަށް ގާތްގަނޑަކަށް 22 އާއި 24 އާ ދެމެދުގެ އަދަދަކަށް މުވައްޒަފުން ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މިފަދަ ގިނަ އަދަދެއްގެ ވަޒީފާތަކެއް އިއުލާނުކުރުމާ ގުޅިގެން، އިންތިހާބަށް ނުފޫޒު ފޯރުވަން އުޅޭ ކަމުގެ ތުހުމަތުތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އިންތިހާބާ ދިމާކޮށް ވަޒީފާ ބެހުމާއި ނުފޫޒު ފޯރުވުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ އެ ވާހަކަތައް ދޮގުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު