ސަލްމާން ޚާންގެ "މާތްރުބޫމީ" ރިލީޒްކުރާނެ ތާރީޚަކާ މެދު އަދިވެސް ގޮތެއް ނުނިމި އުޅެނިކޮށް، އޭނާގެ ކުރިއަށް އޮތް އެކްޝަން ފިލްމުގެ މަސައްކަތް އޭޕްރީލް މަހު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ޕްރޮޑިއުސަރު ދިލް ރާޖޫ އާއި ޑައިރެކްޓަރު ވަމްޝީ ޕައިދިޕައްލީއާ ގުޅިގެން އުފައްދާ މި ފިލްމުގެ މަސައްކަތް އޭޕްރީލް 14 ގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މި ފިލްމަށް ބޭނުންވާ ބޮޑު ސެޓެއް މުމްބާއީގެ ގޮރެގައުންގައި ހުންނަ އެސް.އާރް.ޕީ.އެފް ގްރައުންޑްގައި މިހާރު ދަނީ ހަދަމުންނެވެ.
ޚަބަރުތައް ބުނާ ގޮތުގައި "މާތްރުބޫމީ" އަށް ގެންނަންޖެހޭ ބައެއް ބަދަލުތަކުގެ ސަބަބުން އެ ފިލްމު ރިލީޒްކުރާނެ ތާރީޚެއް ކަނޑައެޅުން ވަނީ ދަތިވެފައެވެ. ނަމަވެސް، ދިލް ރާޖޫއާއެކު އުފައްދާ އާ ފިލްމުގެ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ދަނީ ކުރިއަށެވެ. ފިލްމީ ދާއިރާގެ މަސްދަރުތަކުން މައުލޫމާތު ދޭ ގޮތުގައި، އޭޕްރީލް މަހުގެ މެދުތެރޭގައި މި ފިލްމުގެ މަންޒަރުތައް ނަގަން ފަށާނެއެވެ.ve
މި ފިލްމަށްޓަކައި ތައްޔާރުކުރާ ސެޓަކީ އާދައިގެ ސެޓެއް ނޫނެވެ، އެއީ ކުޑަވަރެއްގެ ސިޓީއެއް ގޮތަށް ފަރުމާކުރެވިފައިވާ ބޮޑު ސެޓެކެވެ. އިންޑަސްޓްރިއަލް އަވަށެއްގެ ސިފަ ދައްކުވައިދޭ ގޮތަށް ތައްޔާރުކުރާ މި ސެޓަކީ ފިލްމުގެ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ނެގުމަށް ތައްޔާރުކުރާ ސެޓެކެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ވަރަށް ގިނަ އެކްޝަން މަންޒަރުތަކެއްގެ މައްޗަށް ކަމަށްވާތީ، މިފަދަ ބޮޑު ސެޓެއް ތައްޔާރުކުރަން ފިލްމުގެ ޕްރޮޑަކްޝަންޓީމުން ނިންމީ ކަމަށްވެސް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
މިހާތަނަށް ވަކި ނަމެއް ދެވިފައިނުވާ މި ފިލްމުގެ ކާސްޓުން ކަނޑައެޅުމުގެ ފަހުގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ. އޭޕްރީލް މަހުގެ މެދުތެރޭގައި ޝޫޓިންގ ފެށުމަށްޓަކައި ސެޓް ފަރުމާކުރުމާއި، އެކްޝަން ކޮރިއޯގްރަފީ އަދި ކާސްޓުން ހަމަޖެއްސުމުގެ މަސައްކަތްތައް ވަރަށް ބާރަށް އެކުއެކީގައި ކުރިއަށްދާ ކަމަށް ޚަބަރުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު