ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ބާއްވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރިފަރަންޑަމްގައި ހިމެނޭ ސުވާލަކީ ދުސްތޫރީގޮތުން ސައްހަ ސުވާލެއް ނޫންކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފިއެވެ.
މި މައްސަލައަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ހިމެނޭ ސުވާލަކީ ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ކަމަށް ބުނެ، ގާނޫނީ ވަކީލު އަލްއުސްތާޒު އިބްރާހީމް ޝިޔާމް އަދި އަލްއުސްތާޒު އައިކް އަހުމަދު އީސާ ހުށަހެޅުއްވި މައްސަލައެކެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ރައީސް އޮފީހާއި، އެޓާނީ ޖެނެރަލްގެ އޮފީސް އަދި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
މިއަދުގެ އަޑުއެހުމުގައި މައްސަލަ ހުށަހަޅުއްވަމުން ވަކީލު ޝިޔާމް ވިދާޅުވީ، ރިފަރަންޑަމްގެ ސުވާލު ފަރުމާކޮށްފައިވަނީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާއާ ޚިލާފަށް، ޙަޤީޤީ ބަދަލުތައް ރައްޔިތުންނަށް އޮޅޭގޮތަށް ކަމަށެވެ. "މި ސުވާލު ފަރުމާ ކޮށްފައިވަނީ ބިލުން ގެންނަ ހަގީގަތްތައް ރައްޔިތުންނަށް އޮޅޭގޮތަށް. ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމާއި މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްފަހު، ކުރާ ސުވާލަކީ ބިލު ތަސްދީޤު ކުރައްވަން ފެނޭތޯ. މިއީ ރައްޔިތުންނަށް ކަންކަން ވަންހަނާކުރުން،" ޝިޔާމް ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ހަގީގަތުގައި އަހަންޖެހޭ ސުވާލަކީ މަޖިލީހުގެ ދައުރު ކުރުކުރަން ރައްޔިތުން އެއްބަސްވޭތޯ ނުވަތަ ނޫންތޯއެވެ.
ދައުލަތުގެ ފަރާތުން މި މައްސަލައަށް ޖަވާބުދެއްވި އެސިސްޓެންޓް ޗީފް ކައުންސިލް ހައްވާ ސަނާ ވިދާޅުވީ، ރައީސްގެ ޤަރާރުގައިވާ ސުވާލު ޤާނޫނުއަސާސީއާ ޚިލާފުކަމަށް ދައުލަތުން ނުދެކޭ ކަމަށެވެ. އަދި 262 ވަނަ މާއްދާގެ (ށ) އާ ޚިލާފުވިކަމަށް ބެލެވޭނީ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމެއްނެތި ނުވަތަ އަޣުލަބިއްޔަތު ނުލިބެނީސް ބިލު ތަސްދީޤުކުރުމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ސީނިއަރ ސްޓޭޓް އެޓަރނީ ޖޫދް މުޙައްމަދު ވަހީދު ވެސް ވަނީ މިއީ ދުސްތޫރީ މައްސަލައެއް ނޫންކަމަށް ވިދާޅުވެ ދައުލަތުގެ ދިފާއުގައި ވާހަކަދައްކަވާފައެވެ.
މި މައްސަލައިގައި ބައިވެރިވުމުގެ ހުއްދައަށް އެދި އެމްޑީޕީން ހުށަހަޅާފައިވީ ނަމަވެސް، ވަގުތު ކުޑަތަންވެފައިވާތީ އެކަމާ މެދު ގޮތެއް ނިންމާފައިނުވާ ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.
މައްސަލައިގެ ތެރެއިން ފަނޑިޔާރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަކީލު އަލީ ހުސައިން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބާ އެކު މި ރިފަރަންޑަމް ބޭއްވުމަކީ ދެ ޖިންސެއްގެ ދެ އިންތިޚާބު އެއްކުރުން ކަމަށާއި، މީގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުކުމެދާނެ ކަމަށެވެ. "މިއީ އަހަން ނުޖެހޭ ކަމެއް، އަހަން ނުޖެހޭ ސުވާލެއް މި ދަނޑިވަޅުގައި،" އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވީ މި އިސްލާޙުގެ ސަބަބުން މަޖިލީހުގެ މިހާރުގެ ދައުރުން 6 މަސް އުނިވާކަން ސުވާލުން ސާފުނުވާ ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމާލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް އިއްވުން ކަމަށެވެ. ހަމައެހެންމެ މައްސަލަ ދިރާސާކުރަމުން އަންނައިރު ކޮންމެހެން ސާފުކުރަން ޖެހޭ ކަމެއް ފާހަގަކުރެވިއްޖެނަމަ އިތުރު ޝަރީއަތުގެ މަޖިލީހެއް ބޭއްވުމުގެ ފުރުސަތު އޮތްކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު