ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު ކުރިއަރާފައިވާ ކަމަށް ބުނެ ސަރުކާރުން ދަނީ އެކި ފޯރަމްތަކުގައި 'ބޮޑު ކަނޑައި' ތަފާތު ވާހަކަތައް ދައްކަމުންނެވެ. ނަމަވެސް އިއްޔެ މުޅި ޤައުމު ސިއްސުވާލީ އެންމެ 100 ޑޮލަރުގެ ކުޑަ "ފީޑިންގ ޓިއުބް" އެއް ރާއްޖެއަށް ނުގެނެވި 8 މަސްދުވަސް ވޭތުވެ، އުމުރުން އެންމެ 6 އަހަރުގެ އިބްރާހީމް އަޛާން ސުހައިލް ނިޔާވި ޚަބަރާއެކުގައެވެ. މިއީ މުޅި ދައުލަތް ލަދުގަންނަންޖެހޭ ފަދަ ބޮޑު އިހުމާލެކެވެ.
ސެރެބްރަލް ޕަލްސީ ބަލި ތަހައްމަލު ކުރަމުންދިޔަ އަޛާން އަށް ކާންދިނުމަށް ބޭނުންވާ ޚާއްޞަ ހޮޅިކޮޅު ހޯދުމަށް އޭނާގެ އާއިލާއިން އާދޭސްކުރާތާ އެތައް މަހެއް ވަނީ ވެފައެވެ. ނަމަވެސް އެންސްޕާ އާއި އެސްޓީއޯގެ މެދުގައި އޮތް ބިއުރޯކްރެޓިކް ދުވެލި ލަސްވުމުގެ ނަތީޖާއަކީ ތުއްތު ފުރާނައެއް އަބަދުގެ އަބަދަށް ދުނިޔެއާއި ވަކިވެގެން ދިއުމެވެ. މަންމަ އަކާއި ބައްޕައެއްގެ އެތައް ހުވަފެނެއް ފުނޑުފުނޑުވެގެން ދިއުމެވެ. މިކަމުގެ ޒިންމާ ދަޢުލަތުން މިކަމުގައި އިހުމާލުވީ އިދާރާތަކުގެ ވެރިން ނަގަން ޖެހޭނެ ކަމުގެ އަޑުތައް މީސްމީޑިއާގައި ވަނީ ގަދަވެފައެވެ. މިއީ ހަމައެކަނި ޞިއްޙީ މައްސަލައެއް ނޫނެވެ؛ މިއީ ދައުލަތުގެ ހިންގުން ބޮއްސުންލައި، ރައްޔިތުންގެ ފުރާނައަށްވުރެ އިދާރީ ކަރުދާސްތަކަށް އިސްކަންދިނުމުގެ ހިތި ނަތީޖާއެވެ.
މި ހާދިސާގައި އެންމެ ބޮޑަށް ފާހަގަވެގެންދަނީ ސަރުކާރުގެ މުއައްސަސާތަކުގެ މެދުގައި ގުޅުމެއް ނެތް މިންވަރެވެ. ކުއްޖާގެ މަންމަ ހާމަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ އޮގަސްޓް މަހު އެންސްޕާގެ ހުއްދައަށް އެދިފައިވީ ނަމަވެސް، އެ ހުއްދަ ނުލިބިގެން އެސްޓީއޯއިން އޯޑަރު ނުދީ އޮތްކަން އެނގުނީ ކުއްޖާގެ ހާލު ދެރަވެ އައިސީޔޫއަށް ލީ ފަހުންނެވެ.
މި ހާދިސާގެ އަޑުތައް ގަދަވެފައިވާއިރު، ފާއިތުވީ މަދު މަސްތަކެއްގެ ތެރޭގައި މީގެ އެތައް މައްސަލަތަކެއް ދިވެހިން ވަނީ ތަޖުރިބާކޮށްފައެވެ. އެގޮތުން އައިޖީއެމްއެޗްގެ އިހުމާލުން އަށް މަހުގެ ކުއްޖަކު ނިޔާވި ކަމުގެ ތުހުމަތުތަކާއި، ގެމަނަފުށީ ހެލްތު ސެންޓަރުގެ އިހުމާލުން ހަތް މަހުގެ ކުއްޖަކު ނިޔާވި ކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ. އެހެންކަމުން މިއީ ސިއްހީ ދާއިރާގެ ވެރިން ލަދުންވެސް އިސްތިއުފާ ދެއްވަންޖެހޭފަދަ މައްސަލަތަކެއް ކަމަށާއި، މަޤާމުގައި ބަގުޑި ބައްދައިގެން ރައްޔިތުންނަށް ވަމުންދާ އިހުމާލުގެ އަގު އެބޭފުޅުން ދައްކަން ޖެހޭނެ ކަމުގެ އަޑުތައް މީސްމީީޑިއާގައި ވަނީ ގަދަވެފައެވެ.
އަނެއްކޮޅުން ދަޢުލަތުން ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރާކަމަށް ބުނަމުންދާއިރު، ރައްޔިތުންގެ ލޮލަށް އެމަންޒަރު ނުފެނުމަކީވެސް ރައްޔިތުންގެ އަނެއް ޝަކުވާއެވެ. ސިއްޙީ ޚިދުމަތަކީ އަސާސީ ޙައްޤަކަށް ވާއިރު، ތުއްތު ކުއްޖެއްގެ ދިރިހުރުމުގެ ޙައްޤު ކަށަވަރު ކުރުމަށް ބޭނުންވާ ކުޑަ އާލަތެއް ހޯދައިނުދެވުމަކީ މި ސަރުކާރުގެ "ރައްޔިތުންނަށް ޚިދުމަތްކުރުމުގެ" ސިޔާސަތު ފެއިލްވެފައިވާ ކަމުގެ ވަރަށް ބޮޑު ހެއްކެއް ކަމަށް މަސްރަހް ދިރާސާ ކުރަށްވާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ކަންމިހެން އޮތް ނަމަވެސް މިއަދު މުޅި މީސް މީޑިއާގައި އާންމުންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވަނީ ތުއްތު އަޛާންގެ މަރުގެ ޒިންމާ އުފުލާނެ ދަޢުލަތުގެ 'މުސާރަވެރިޔަކު' ނެތުމުންނެވެ. ހެލްތު މިނިސްޓްރީއާއި، އެންސްޕާ އަދި އައިޖީއެމްއެޗް ފަދަ އިދާރާތުގެ ވެރިންގެ ކިބައިގައި މި ހިތާމަވެރި ހާދިސާއާ ގުޅިގެން ބަޔާނެއް ނެރެލާނެހާ ހިތްވަރެއްވެސް ނެތެވެ. މިއީ ނިޒާމުގެ ތެރޭގައި ހުރި ފީކަޅާކަން ހާމަވާ ކަމެއް ކަމަށް ބުނާ ޕޯސްޓްތަކާއެކު މީސްމީޑިއާގައި ސަރުކާރު ވަނީ ހޫނުފެނަށް ވެއްްޓިފައެވެ.
އޭގެއިތުރުން އަމިއްލަ ފަރާތްތަކުން އެތުއްތު ކުއްޖާއަށް އެހީތެރިވާން ކުރި މަސައްކަތުން ޓިއުބް ލިބުނުއިރު ވަގުތު އޮތީ ފާއިތުވެފައެވެ. މިކަމުގައި ދައުލަތުގެ ނިޒާމަށްވުރެ އާންމު ރައްޔިތުންގެ ހޭލުންތެރިކަން މާ ބޮޑެވެ. އެހެންކަމުން ޢާއްމުން ބުނަމުންދަނީ، މިފަދަ އިހުމާލުތަކަށް ޒިންމާވާނެ ފަރާތެއް ނެތި، އެފަރާތްތަކަށް ފިޔަވަޅު ނޭޅި، ޒިންމާދާރުކުރުވޭނެ ނިޒާމެއް ނެތް ނަމަ، މާދަމާވެސް އިތުރު އެހެން ތުއްތު ކުއްޖެއްގެ ފުރާނަ ގެއްލިގެން ދިއުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު