އިނގިރޭސިވިލާތުގެ މަގުތަކަށް ނިކުމެ ފަލަސްތީނަށް ތާއީދުކޮށް އަޑުއުފުލާ މީހުން އަލުން ހައްޔަރުކުރަން ފަށާނެކަން އެ ގައުމުގެ މެޓްރޮޕޮލިޓަން ޕޮލިހުން އިއުލާނުކޮށްފިއެވެ. ފުލުހުން މިގޮތަށް ނިންމާފައިވަނީ، ފަލަސްތީނަށް ތާއީދުކުރާ ޖަމާއަތްތައް މަނާކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ހައިކޯޓުން ކުރި ހުކުމާ ގުޅިގެން ފުލުހުން ކުރިން ގެންގުޅުނު ސްޓޭންޑް ބަދަލުކުރުމަށްފަހުއެވެ.
އިނގިރޭސިވިލާތާއި ވޭލްސްގެ ހައިކޯޓުން ވަނީ ސަރުކާރުން ބައެއް ޖަމާއަތްތައް މަނާކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައިފައެވެ. އެ ހުކުމަށްފަހު، ޓެރަރިޒަމްގެ ގާނޫނުތަކުގެ ދަށުން މީހުން ހައްޔަރުކުރުން ފުލުހުން ކުރިން އޮތީ މަޑުޖައްސާލާފައެވެ. ނަމަވެސް، ޑެޕިއުޓީ އެސިސްޓެންޓް ކޮމިޝަނަރު ޖޭމްސް ހާމަން ވިދާޅުވީ، ކުރިން ހައްޔަރުކުރުން މަޑުޖައްސާލީ ވަގުތީ ގޮތުން ކަމަށާއި، ސަރުކާރުން ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލަ ނިމެންދެން ގާނޫނު ތަންފީޒުކުރުން ކުރިއަށްދާނެ ކަމަށެވެ.
ހޯމް ސެކްރެޓަރީ ޝަބާނާ މަހުމޫދު އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދާ މި އިސްތިއުނާފުގެ އަޑުއެހުންތައް އޭޕްރީލް 28 އަދި 29 ގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. ޓެރަރިޒަމްގެ ގާނޫނު 2000 ގެ ދަށުން 'ފަލަސްތީން އެކްޝަން' ފަދަ ޖަމާއަތްތައް މަނާކޮށްފައިވާއިރު، އެފަދަ ޖަމާއަތްތަކަށް ތާއީދުކުރުމަކީ އިނގިރޭސިވިލާތުގައި ޖިނާއީ ކުށެކެވެ. ހާމަން އިތުރަށް ވިދާޅުވީ، "އަޅުގަނޑުމެން ގާނޫނު މިހާރު އޮތް ގޮތަށް ތަންފީޒު ކުރަން ޖެހޭނެ" ކަމަށާއި، މުޒާހަރާގެ ބައިވެރިން ހައްޔަރުކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ފުލުހުންގެ މި ނިންމުމަށް ކެމްޕޭން ގްރޫޕެއް ކަމަށްވާ 'ޑިފެންޑް އަވަރ ޖޫރީސް' އިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެ ގްރޫޕުން ބުނިގޮތުގައި، މާޗް 15 ވަނަ ދުވަހު ލަންޑަނުގައި ފަލަސްތީނަށް ތާއީދުކުރާ ނިޝާންތައް ހިފައިގެން ތިބި މީހުން ހައްޔަރުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
މީގެ އިތުރުން، މުޒާހަރާތަކާ ގުޅިގެން ހައްޔަރުކޮށް ޖަލަށްލާފައިވާ ބައެއް މީހުން ވަނީ ޖަލުގެ އިދާރާތަކުން މެޑިކަލް އިހުމާލުވަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. ވަކިވަކިން ބަންދުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރަމުންދާ ހެބާ މުރައިސީ، ޤަޞްރު ޒުހުރާ އަދި ކަމްރާން އަޙްމަދު ފަދަ ބައިވެރިން ބުނާ ގޮތުގައި، ސިއްހީ ފަރުވާ ލަސްވުމުގެ ސަބަބުން އެމީހުންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.
ނަމަވެސް އިނގިރޭސި ސަރުކާރުން މި ތުހުމަތުތައް ދޮގުކުރެއެވެ. ސަރުކާރުން ބުނާ ގޮތުގައި ގައިދީންގެ ސިއްހީ ހާލަތު ގަވާއިދުން މޮނިޓަރު ކުރެވެމުންދާ ކަމަށާއި، އެމީހުންނަށް ބޭނުންވާ އެކަށީގެންވާ ފަރުވާ ފޯރުކޮށްދެވެމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު