ފޮޓޯ: ޑޭލް ކޯލްމަން
ފޮޓޯ: ޑޭލް ކޯލްމަން
މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ތެޔޮ ލިބުމަށް ދަތިތަކެއް ކުރިމަތިވެދާނެތީ، ޕާކިސްތާނަށް ދަތުރުކުރާ ބޭރުގެ އެއާލައިންތަކުން އެނބުރި ދިއުމަށް ބޭނުންވާ ތެލާއެކު ދަތުރުކުރުމަށް އެ ގައުމުން އަންގައިފިއެވެ.

ޕާކިސްތާން އެއާޕޯޓްސް އޮތޯރިޓީން، ނޯޓިސް ޓު އެއާމަންސް މެދުވެރިކޮށް މި ޑިރެކްޓިވް ނެރެފައިވަނީ އީރާން ހަނގުރާމައިގެ ތެރޭގައި ދުނިޔޭގެ ތެޔޮ ސަޕްލައި ޗޭންތަކަށް ބުރޫއެރުމުން ޑޮމެސްޓިކް ރިޒާވް ރައްކާތެރި ކުރުމަށް ފިޔަވަޅުތައް އަޅަން ޖެހުމުންނެވެ.

މިއެޑްވައިޒަރީގެ ދަށުން ބޭރުގެ ބޯޓުތަކަށް ޕާކިސްތާނުގެ ޖެޓް ފިއުލް ސަޕްލައިއަށް ބަރޯސާވުން ކުޑަކުރުމަށް އަންގާފައިވާއިރު، ލޯކަލް އެއާލައިންތަކަށް އޮޕަރޭޝަނަލް ޝަރުތުތަކާ އެއްގޮތަށް ތެޔޮ ލިބެމުންދާނެ ކަމަށް އެޤައުމުން ވަނީ ކަށަވަރުކޮށްދީފައެވެ.

ޖެޓް އޭ1 ފިއުލްގެ ސަޕްލައި ޗޭން އަށް ބުރޫއެރުމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ޕާކިސްތާނުން ބޭރުގެ އެއާލައިންތަކަށް ލަފާދީފައިވަނީ، ޕާކިސްތާނަށް ދަތުރުކުރާއިރު އެނބުރި ދިއުމަށް ވީހާވެސް ގިނައިން ފިއުލް ހިފައިގެން އައުމަށެވެ. އަދި ލޯޑްވެސް ވީހާވެސް ލިމިޓެޑްކޮށް އުފުލުމަށް އަންގާފައިވެއެވެ.

ޕާކިސްތާނުގެ ބޮޑެތި އެއާޕޯޓްތައް މެދުވެރިކޮށް ދަތުރުކުރާ ފްލައިޓްތަކަށް 'ނޮޓަމް' އަމަލުކުރަން ފަށާފައިވަނީ ޑޮމެސްޓިކް ޖެޓް ފިއުލް ސަޕްލައިއަށް ކުރާ ޕްރެޝަރު ކުޑަކުރުމުގެ ބޭނުމުގައެވެ. މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ސަޕްލައިގެ ޔަގީންކަން ނެތުމުން ޕާކިސްތާނުން ވަނީ ފާއިތުވި ހަފްތާތަކުގައި ތެޔޮ އިޤްތިޞާދު ކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން ޕެޓްރޯލާއި ޑީސަލް ލީޓަރެއްގެ އަގު 55 ރުފިޔާ އިތުރުކުރި ނަމަވެސް އާދައިގެ ބޭނުންތަކަށް އެކަށީގެންވާ ރިޒާވެއް ވަނީ ކަނޑައަޅާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އީރާނުގައި ހިނގަމުންދާ ހަމަނުޖެހުން ދިގުދެމިގެންދާނެ ހާލަތަކަށް އިތުރު ފިޔަވަޅުތައް އެޅުމަށްވެސް އެޤައުމުގެ އޮފިޝަލުން ދަނީ ވިސްނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު