ކުރިއަށް އޮތް އެޕްރީލް މަހަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނުގަދަވާނެ މަސްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މޫސުމާބެހޭ ޤައުމީ އިދާރާގެ މީޓްރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް މާރިޗު އަދި އެޕްރީލް މަހަކީ ރާއްޖޭގެ ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ކަމަށެވެ. މި ދުވަސްވަރު އުޑުމަތި ސާފުވެ ވިލާ މަދުވުމާއި، ވައިމަޑުވުމުގެ އިތުރުން ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓާތީ، އާންމު ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ހުސައިން ވަހީދު އިތުރަށް ވިދާޅުވި ގޮތުގައި ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުވެސް، ޚާއްސަކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވަރަށް ބޮޑަށް އަވިގަދަވާނެއެވެ. "ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުވެސް ޚާއްސަކޮށް އުތުރުގެ ހިސާބުތަކަށް ވިއްސަރައިގެ އަސަރު ވަރަށް ކުޑަ. ހަމަ ވަރަށް އަވިގަދަކޮށް އޮންނާނީ، އެހެންނަމަވެސް ދެކުނުގެ ރަށްތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭ،" އޭނާ ވިދާޅުވިއެވެ.
މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ފެބްރުވަރީ މަހުގެ މެދަކާ ހިސާބުން ފެށިގެން މިހާތަނަށް ރާއްޖޭގެ އެއްވެސް ހިސާބަކަށް ބޯކޮށް ވާރޭވެހިފައެއް ނުވެއެވެ. އަދި ރާއްޖޭގެ އެހެން ހުރިހާ ސަރަހައްދަކަށްވުރެ މާލެ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން ގަދަކަންވެސް އެ އިދާރާއިން ފާހަގަކުރެއެވެ. މި ހޫނުގަދަވުން އެޕްރީލް މަހުގެ މެދުތެރެއާ ހަމައަށް ދެމިގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ހޫނުގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްޙީ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ ފާތުމަތު ޝަބާނާ ވިދާޅުވީ ބޮލުގައި ރިއްސުމާއި، ވަރުބަލިވުމާއި، ލޮލަށް ގެއްލުން ލިބުމުގެ އިތުރުން ހަންގަނޑު އެދުން ފަދަ މައްސަލަތައް ދިމާވެދާނެ ކަމަށެވެ.
މިކަންކަމުން ރައްކާތެރިވުމުގެ ގޮތުން، ހޫނުގަދަ ގަޑިތަކުގައި ބޭރަށް ނުދިއުމަށާއި، ގިނައިން ފެން ބުއިމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބޭރަށްދާން ޖެހިއްޖެ ހާލަތެއްގައި ކުޑަ ނުވަތަ އަވިން ރައްކާތެރިވުމަށް ބޭނުންކުރާ ސާމާނު ބޭނުންކުރުމަކީ މުހިންމު ކަމެއްކަމަށް އެ އިދާރާއިން ވަނީ ހަނދާންކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު