މާލެއާއި ރަސްމާލެ ގުޅުވައިދިނުމަށް ތަރައްގީކުރުމަށް ނިންމާފައިވާ ކަނޑުއަޑީގެ ޓަނަލްގެ މަޝްރޫއުގެ ފަންނީ ދިރާސާތައް މިހާރު ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހާމަކުރައްވާފައެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫއު މިވަގުތު އޮތީ ފަންނީ ލެވެލްގެ ފެށޭ މަރުހަލާގައި ކަމަށާއި، މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށް ކަމަށެވެ.
އެގޮތުން ދުނިޔޭގެ އެންމެ ބޮޑު ދެ ޑްރެޖަރު ހިމެނޭހެން ޖުމުލަ ތިން ޑްރެޖަރު ބޭނުންކޮށްގެން ބާރުމިނުގައި ބިން ހިއްކަމުންދާއިރު، މިހާތަނަށް ގާތްގަނޑަކަށް 400 އާއި 500 އާ ދެމެދުގެ ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އޭޕްރީލް މަހުގެ ނިޔަލަށް ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލުމެވެ. ރައީސް ވިދާޅުވި ގޮތުގައި މި މަސައްކަތް އަވަސްކުރަން ބޭނުންވަނީ ރަސްމާލޭގެ ގޯއްޗަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާއިރު، އާންމުންނަށް ގޯތި ދޫކުރަން ބޭނުންވަނީ ހިއްކާފައިވާ ބިމަކުން ކަމަށްވާތީއެވެ.
ބިން ހިއްކުމާ އެކުއެކީގައި ޕްލޭނިންގް އާއި އެހެނިހެން އިންފްރާސްޓްރަކްޗާ މަސައްކަތްތަކަށް ވެސް ސަރުކާރުން ފޯކަސް ކުރަމުންދާކަން ފާހަގަކުރައްވަމުން، ރައީސް ވަނީ ކަނޑުއަޑީގެ ޓަނަލަކީ މިހާރުވެސް ހިނގަމުންދާ މަޝްރޫއެއްކަން ކަށަވަރުކޮށްދެއްވާފައެވެ. މިއީ 2024 ވަނަ އަހަރު ރައީސް ވެވަޑައިގެންނެވި ވައުދެއްގެ ދަށުން، ދުނިޔޭގައިވެސް ގާއިމުކުރެވޭ މިފަދަ ފުރަތަމަ ޓަނަލަށް ވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު