ހިޔާ ފްލެޓުތަކަށް ދައްކަންޖެހޭ ކުލިން ބައެއް އުނިކޮށްދޭނަމަ، އަމިއްލަ ތަންތާ ކުއްޔަށް ދިރިއުޅޭ މީހުންނަށްވެސް ސަރުކާރުން ކުލި ދައްކައިދޭންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތަށް އާންމުން ކޮށްފައިވާ ހަރަދުގެ ބަދަލު ދިނުމުގެ ގޮތުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ކުލިން މަހަކު 3,984 ރުފިޔާ އުނިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި، އެކަން އެޗްޑީސީން ވަނީ އިއުލާނުކޮށްފައެވެ.
މި ނިންމުމަށް ފާޑުވިދާޅުވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވައްޑޭ ވަނީ، ދައުލަތުން ލޯނުތައް ދައްކާނެ ފައިސާ ނެތް ދަނޑިވަޅެއްގައި، ބޮޑެތި ލޯނު ނަގައިގެން ހަދާފައިވާ ތަންތަނުގެ ކުލި ކަނޑަނީ ކާކަށް ކޯންޗެއް އޮޅުވާލަންތޯ ސުވާލު އުފައްދާފައެވެ.
"ހިޔާފްލެޓް ލިބުނު މީހުންނަށް ސަރުކާރުން ކުލި ކަނޑައިދެންޏާ، ބޯހިޔާވަހިކަމެއް ނުލިބި ތަންތާ ކުއްޔަށް ތިބި މީހުންނަށްވެސް ސަރުކާރުން ކުލި ދައްކައިދޭން ވާނެ!" ވައްޑޭ ވިދާޅުވިއެވެ.
މި ނިންމުމަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ ދިމާކޮށް ރައްޔިތުންނަށް ދޭ "ރިޝްވަތެއް" ކަމަށް އިދިކޮޅު ގިނަ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި، އިޤްތިޞާދީ ގޮތުން ދަތި ދަނޑިވަޅެއްގައި މިފަދަ ނިންމުމެއް ނިންމުމަކީ ސިޔާސީ މަޤްޞަދެއްގައި ކުރާ ކަމެކެވެ.
ނަމަވެސް، މި ފާޑުކިޔުންތަކަށް ރައްދު ދެމުން ސަރުކާރު ހިންގާ ޕީއެންސީން ބުނީ، ރައްޔިތުންނަށް ޚިދުމަތް ދިނުމާއި ދިރިއުޅުމުގެ ކަންކަމުގައި ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި ރިޝްވަތުގެ ގޮތުގައި ސިފަކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އެ ޕާޓީން ބުނެއެވެ. ޕީއެންސީން އިތުރަށް ހާމަކުރި ގޮތުގައި، ސަރުކާރަކުން ކޮށްދެވެން އޮތް ކަމެއް ރައްޔިތުންގެ ލާބައަށް ކޮށްދިނުމަކީ ޒިންމާދާރު ސަރުކާރަކުން ކުރަންޖެހޭނެ ކަމެކެވެ.
ހިޔާ ފްލެޓުގެ ކުލި ކަނޑާލުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. މި ވަޢުދުގެ ދަށުން ހިޔާ ފްލެޓުގެ ފިނިޝިންއަށް ހޭދަވި ފައިސާ އަނބުރާ ދިނުމުގެ ގޮތުން ކުރިއަށް އޮތް ހަތް އަހަރު ދުވަހުގެ ތެރޭގައި ކުލިން ބައެއް އުނިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން ފުރަތަމަ ދެ އަހަރު ދުވަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 3,984 ރުފިޔާއެވެ. އެއީ ކުރިން ކަނޑައަޅާފައިވާ 5,300 ރުފިޔާގެ ކުލިން 1,316 ރުފިޔާ އުނިކުރުމަށްފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު