މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ރަސްމާލެއިން 1،250 އަކަ ފޫޓުގެ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ބުނީ ސަރުކާރުގެ "ބިންވެރިޔާ" ހާއްސަ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 1،250 އަކަ ފޫޓުގެ ގޯތިތަކެއް ކަމަށެވެ. މި ގޯތިތަކަށް އެދި ހުށަހަޅަންޖެހޭނީ އެކަމަށް ހާއްސަކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
މި ސްކީމްގެ ދަށުން ގޯއްޗަށް އެދުމުގެ ފުރުސަތު ދެ ކެޓަގަރީއަކަށް ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކުރިން ބިންވެރިޔާ ސްކީމްގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތަކާއި، ސަރުކާރުގެ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮތުމުގެ ސަބަބުން ކުރިން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތައް ކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނީ ފޯމު ހުށަހަޅާއިރު އުސޫލުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ. އަދި މި ސްކީމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭ 23:59 އެވެ. މި ސްކީމާ ގުޅޭ އުސޫލު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައެވެ.
ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ދެ ޑްރެޖަރު ހިމެނޭހެން ޖުމުލަ ތިން ޑްރެޖަރު ބޭނުންކޮށްގެން ބާރުމިނުގައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް ގާތްގަނޑަކަށް 400 އާއި 500 އާ ދެމެދުގެ ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އޭޕްރީލް މަހުގެ ނިޔަލަށް ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލުމެވެ. ރަސްމާލޭގެ ބިން ހިއްކުމުގެ އިތުރުން، ޕްލޭނިންގް އާއި އެހެނިހެން އިންފްރާސްޓްރަކްޗާ މަސައްކަތްތަކަށް ވެސް ސަރުކާރުން ދަނީ ބޮޑު އިސްކަމެއް ދެމުންނެވެ. އެގޮތުން، މާލެ އާއި ރަސްމާލެ ގުޅާލުމަށް ބިނާކުރާ ކަނޑުއަޑީގެ ޓަނަލަކީ މިހާރުވެސް ހިނގަމުންދާ މަޝްރޫއެއްކަން ރައީސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު