ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "މާސް ލީގަލައިޒޭޝަން" ޕްރޮގްރާމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މުއްދަތު މިހާރު 2026 މޭއި 02 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. މި މުއްދަތު އިތުރުކޮށްފައިވަނީ ގިނަ ވަޒީފާދޭ ފަރާތްތަކުގެ އެދުމުގެ މަތިން ކަމަށް މިނިސްޓްރީން ހާމަކުރިއެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ވަޒީފާ އަދާކުރުމުގެ ސައްހަ ހުއްދައެއް ނެތް ފަރާތްތަކާއި، ހުއްދައިގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުގެ އިތުރުން، ކާކުކަން އަންގައިދޭ ރަސްމީ އެއްވެސް ލިޔުމެއް ނެތް ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމަށް ހިންގާ ހާއްސަ ހަރަކާތެކެވެ.
ހޯމް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހުގެ ފުރުސަތެވެ. އަދި މި ކަނޑައެޅުނު އައު މުއްދަތު ހަމަވުމަށްފަހު، އިތުރު ފުރުސަތެއް މިކަމަށް ނުދެވޭނެ ކަމަށްވެސް އެ މިނިސްޓްރީނީ ބުނެފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިސްކަންދީގެން ފަށާފައިވާ މި މަސައްކަތުގެ ދަށުން، ގިނަ އަދަދެއްގެ ބިދޭސީންގެ މައުލޫމާތު އެއްކޮށް، އެފަރާތްތައް ގަވާއިދުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު