ވ. ފުލިދޫގައި މޫދަށް އެރިއުޅެނިކޮށް އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތް ކުރުމަށް މަސައްކަތްކުރި މީހަކު ހާލު ދެރަވެގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ވ. ފުލިދޫގައި މޫދަށް އެރިއުޅެނިކޮށް އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތް ކުރުމަށް މަސައްކަތްކުރި މީހަކު ހާލު ދެރަވެގެން އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 15:10 އެހައިކަންހާއިރު ކަމަށެވެ.
ހެލްތު ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށް އެ މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 63 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ނިޔާވެފައިވަނީ އެ ދެ ކުދިންގެ ބައްޕައެވެ. އަދި އެ ދެ ކުދިންގެ ހާލު ރަނގަޅު ކަމަށް މީޑިއާއަކަށް މައުލޫމާތު ދެމުން ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު