އައްޑޫ ސިޓީގެ މެޔަރ އަލީ ނިޔާޒު
އައްޑޫ ސިޓީގެ މެޔަރ އަލީ ނިޔާޒު
މިއަދު ބޭއްވި އިންތިހާބުގައި އައްޑޫ ސިޓީގެ މޭޔަރުކަމުގެ ގޮނޑި، މިހާރުގެ ވެސް މޭޔަރު އަލީ ނިޔާޒު ދިފާއުކުރަށްވާކަން ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

ނިޒާރު އާއި މި އިންތިހާބުގައި އެންމެ ގާތުން ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުޝްރިފް އަލީ އެވެ. ނިޒާރު އިންތިހާބު ކާމިޔާބު ކުރެއްވީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އިންތިހާބުގައި ލިބުނު ކާމިޔާބީއާ ގުޅިގެން ނިޒާރު ވިދާޅުވީ މިއީ އައްޑޫ ރައްޔިތުންގެ ކާމިޔާބީއެއް ކަމަށެވެ. މީގެ އިތުރުން ރައްޔިތުން ނިކުމެ އެމްޑީޕީއަށް ސަޕޯޓު ދިނީ ކުރިއަށް އޮތް ދުވަސްތަކުގައި އައްޑޫގެ ތަރައްގީ ކުރިއަށް ގެންދިޔުމަށް ބޭނުންވާތީ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ނުހަނު މުހިންމު މި އިންތިޚާބުގައި، ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރަންޖެހޭ ގޮނޑިތަކަށް 1،368 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް 1،593 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ.

ވޯޓު ފޮށިތައް ބަންދުކުރުމަށްފަހު، މިހާރު ކުރިއަށްދަނީ ވޯޓު ގުނުމުގެ މަސައްކަތެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް