އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގެ ތެރެއިން، ރާއްޖޭގެ ފަސް ސިޓީއެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުން ހޮވުމަށް ބޭއްވި އިންތިޚާބު އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.
މި އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީއާ ވާދަކޮށް، މާލެ ހިމެނޭހެން ހުރިހާ ސިޓީތަކެއްގެ މި ގޮނޑިތައް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު، މާލެ ސިޓީގެ އިތުރުން ހދ. ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ޑަބްލިއުޑީސީ ރައީސުންގެ ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
މި އިންތިޚާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެންދިޔައީ މާލެ ސިޓީގެ ޑަބްލިއުޑީސީ ރައީސްކަމުގެ މަގާމަށެވެ. އެ މަގާމަށް ސަރުކާރު ކޯލިޝަންގެ ފަރާތުން ޕީއެންސީގެ ޓިކެޓުގައި އާޝިޔަތު އަލައިކާ ވާދަކުރެއްވި އިރު، އެމްޑީޕީގެ ފަރާތުން ވާދަކުރެއްވީ އައިޝަތު ރީޝާއެވެ. މި ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އައިޝަތު ރީޝާއެވެ.
މާލޭގެ އިތުރުން ފުވައްމުލައް ސިޓީގެ ގޮނޑި މަރިޔަމް ޝިއުނާ ކާމިޔާބު ކުރެއްވި އިރު، ތިނަދޫ ސިޓީގެ ގޮނޑި ކާމިޔާބު ކުރެއްވީ މަރިޔަމް ޝަރޫނާއެވެ. އަދި ކުޅުދުއްފުށި ސިޓީގެ ގޮނޑި އައިމިނަތު އިބްރާހިމް ކާމިޔާބު ކުރެއްވި އިރު، އައްޑޫ ސިޓީގެ ޑަބްލިއުޑީސީ ރައީސްކަމަށް ހޮވިވަޑައިގަތީ ފާތިމަތު ހިޖްރާއެވެ.
މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ފާހަގަކުރެވޭ އަނެއް މުހިންމު ކަމަކީ، ރާއްޖޭގެ ހުރިހާ ސިޓީތަކެއްގެ މޭޔަރުކަމުގެ ގޮނޑިތައް ވެސް އޮތީ އެމްޑީޕީގެ އަތްދަށުގައި ކަމެވެ. މި ސިޓީތަކުގައި މިހާރު ވެސް ތިއްބެވި މޭޔަރުން ވަނީ އަލުން އެ މަގާމުތަކަށް ހޮވިވަޑައިގެންފައެވެ.
މި ނަތީޖާތަކާއެކު ސިޓީތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގައި އެމްޑީޕީގެ ބާރު ވަނީ އިތުރަށް ގަދަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު