އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ތިނަދޫ މޭޔަރުގެ މަޤާމަށް ވާދަކުރެއްވި ސައުދު އަލީ، ތިނަދޫ ސިޓީގެ މޭޔަރުގެ މަޤާމަށް އިންތިޚާބުވުމާ ގުޅިގެންނާއި، އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބު ފާހަގަ ކުރުމަށް އެ ސިޓީގައި އުފާފާޅުކުރުންތައް ފަށައިފިއެވެ.
އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާތަކުން ސައުދު ކުރިހޯއްދެވިކަން ކަށަވަރުވުމާއެކު، އޭނާއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ތިނަދޫ މަގުތަކަށް ނުކުމެ އުފާފާޅުކުރަން ފަށާފައެވެ.
މި އުފާފާޅުކުރުންތަކުގެ ތެރެއިން މިއަދު ހަވީރު ތިނަދޫގެ ބޮޑެތި މަގުތަކުގައި ސައިކަލު ބުރެއް ކުރިއަށް ގެންގޮސްފައި ވާއިރު، ގިނަ އަދަދެއްގެ ޒުވާނުންނާއި އާންމު ރައްޔިތުން މި ސައިކަލްބުރުގައި ވަނީ ބައިވެރިވެފައެވެ.

ތިނަދޫ ސިޓީ ގައި އުފާ ފާޅު ކުރަނީ
ސައިކަލު ބުރުގެ ބައިވެރިން ވަނީ ސައުދު އަލީއަށް ތާއީދުކޮށް އަޑުއުފުލައި، ސިޓީގެ އެކި ސަރަހައްދުތަކުގައި ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
މިއީ ތިނަދޫ ސިޓީއަށް އަލަށް އިންތިޚާބު ކުރެވުނު މޭޔަރުގެ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ސިލްސިލާ ހަރަކާތްތަކުގެ ފެށުން ކަމަށް ސައުދުގެ ކެމްޕޭން ޓީމުން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު