އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ މޭޔަރުކަމުގެ ގޮނޑި އާއި ކައުންސިލް ގޮނޑިތައް އެމްޑީޕީގެ ކެންޑިޑޭޓުން ކާމިޔާބު ކުރެއްވުމާ ގުޅިގެން، އެ ސިޓީގެ އެމްޑީޕީގެ ސަޕޯޓަރުން ނުކުމެ އުފާފާޅުކުރަން ފަށައިފިއެވެ.
އިންތިޚާބުގެ ނަތީޖާ އިއުލާން ކުރުމާއެކު އައްޑޫގެ އެކި އަވަށްތަކުން ގިނަ އަދަދެއްގެ ބަޔަކު ވަނީ މަގުތަކަށް ނުކުމެ، އެމްޑީޕީގެ ކެންޑިޑޭޓުންނަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ފަށާފައެވެ.
މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިއަދު އައްޑޫ ސިޓީގައި ބޮޑު އެއްވުމެއް ބާއްވާފައިވާއިރު، މިއީ ފަހުގެ ތާރީޚެއްގައި އެ ސިޓީގައި ބޭއްވި އެންމެ ފޯރިގަދަ އެއްވުންކަން ފާހަގަކުރެވެއެވެ. މި އެއްވުމުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި އެމްޑީޕީގެ ސަޕޯޓަރުން ބައިވެރިވަމުންދާއިރު، އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ.
އެއްވުމުގެ ބައިވެރިން ދަނީ މޭޔަރ ނިޒާރަށާއި، އިންތިޚާބު ކާމިޔާބު ކުރެއްވި ކައުންސިލަރުންނަށް މަރުހަބާ ކިޔައި، އައްޑޫ ސިޓީގެ ކުރިމަގާ މެދު ކުރާ އުންމީދުތައް ފާޅުރަމުންނެވެ.
މި އެއްވުމުގެ ތެރެއިން ސިޓީގެ އެކި ސަރަހައްދުތަކުގައި ލަވަޔާއި މިއުޒިކްގެ ހަރަކާތްތައްވެސް ކުރިއަށްދާއިރު، މި ފޯރި މުޅި އައްޑޫ ސިޓީއަށް ވަނީ ފެތުރިފައެވެ. އައްޑޫ އެމްޑީޕީ ސަޕޯޓަރުން ބުނީ މިއީ އައްޑޫ އެމްޑީޕީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
އައްޑޫގައި އިންތިޚާބުގެ ކާމިޔާބީގެ އުފާ ފާޅުކުރަމުންދާއިރު މާދަމާރޭ މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް އެމްޑީޕީން ދަނީ ތައްޔާރުވަމުންނެވެ. މި އިންތިޚާބުގައި އެމްޑީޕީން ވަނީ ރާއްޖޭގެ 5 ސިޓީ ކައުންސިލްގެ މެޖޯރިޓީ ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު