ޖައްވުގައި ދަތުރުކުރާ، ދުނިޔޭގެ ސިޓީތައް އެއްކޮށް ސުންނާފަތިކޮށްލުމުގެ ބާރު ހުރި އެތައްހާސް އެސްޓެރޮއިޑެއް ނުވަތަ ބޮޑެތި ހިލަތައް އަދިވެސް ދެނެގަނެވިފައި ނުވާ ކަމަށް އެމެރިކާގެ ޖައްވާ ބެހޭ އިދާރާ، ނާސާއިން ބުނެފިއެވެ.
ނާސާއިން ދާދި ފަހުން ރިޕޯޓެއްގައި ބުނެފައިގޮތުގައި މީގެ ތެރެއިން ގިނަ އެސްޓެރޮއިޑްތަކަކީ ދުރާލާ އެނގުމަކާ ނުލައި ދުނިޔެއަށް އަރައިފާނެ އެއްޗެހި ކަމަށް ސައިންސްވެރިން ވަނީ އިންޒާރުދީފައެވެ. ސައިންސްވެރީން ހާމަކުރާ ގޮތުގައި މިފަދަ އެސްޓެރޮއިޑްތަކަކީ ގާތްގަނޑަކަށް 140 މީޓަރަށްވުރެ ބޮޑެތި ތަކެއްޗެވެ. އަދި މިފަދަ ނުރައްކާތެރި ތަކެތީގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ އެންމެ 40 އިންސައްތަ ކަމަށްވެސް ނާސާއިން ބުނެއެވެ.
ނާސާގެ ޕްލެނިޓަރީ ޑިފެންސް އޮފިސަރު ޑރ. ކެލީ ފާސްޓް ވިދާޅުވި ގޮތުގައި، ކުދިކުދި ހިލަތައް އަބަދުވެސް ދުނިޔޭގެ ޖައްވަށް ވަދެއެވެ.
ނަމަވެސް، މެދު މިންވަރެއްގެ މި އެސްޓެރޮއިޑްތަކަކީ މުޅި ދުނިޔެ ސުންނާފަތި ނުކުރި ނަމަވެސް، މީހުން ދިރިއުޅޭ މުޅި ސަރަހައްދެއް އެއްކޮށް ނައްތާލުމުގެ ބާރު ހުރި ތަކެއްޗެވެ. މި ތަކެތި ދެނެގަންނަން އުނދަގޫވަނީ އެއިން ދޫކުރާ އަލި މަޑުވުމާއި، ފަޒާގެ ތެރޭގައި އެކި ދިމާދިމާއަށް ފޮރުވިފައި ހުރުމުގެ ސަބަބުންނެވެ.
މިފަދަ ހާދިސާއެއް 2013 ވަނަ އަހަރު ރަޝިޔާގެ ޗެލިއަބިންސްކްގައި ހިނގާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެފަހަރު އެރި ހިލައިގެ ސަބަބުން 1،600 އަށްވުރެ ގިނަ މީހުންނަށް އަނިޔާވިއެވެ.
މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި ނާސާއިން މިހާރު ދަނީ "ނިއަރ-އާތް އޮބްޖެކްޓް ސާވެޔަރ"ގެ ނަމުގައި އާ ސްޕޭސް ޓެލެސްކޯޕެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މި ޓެލެސްކޯޕްގެ އެހީގައި މިހާތަނަށް ނުފެނި ހުރި ނުރައްކާތެރި އެސްޓެރޮއިޑްތައް ދެނެގަނެވޭނެ ކަމަށް އުންމީދު ކުރެވެއެވެ. ނަމަވެސް، މި ޓެލެސްކޯޕް ބޭނުންކުރަން ފެށެންދެން، އެއްވެސް އިންޒާރަކާ ނުލައި ދުނިޔެއަށް އެސްޓެރޮއިޑެއް އެރުމުގެ ބިރު އޮތް ކަމަށް ސައިންސްވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު