އެމްޑީޕީގެ އިންތިޚާބީ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ފައްޔާޒް އިސްމާޢީލަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދިނުމުން އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން، އެ ޕާޓީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލް (އިބްރާ) ވަނީ މާޒީގައި އޭނާއަށް ކުރިމަތިވި މިފަދަ ހިތްދަތި ތަޖުރިބާތައް ހަނދާން އާކުރައްވާފައެވެ.
ރޭގެ ޖަލްސާގައި ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އަޑުގަދަކޮށް އިހުތިޖާޖު ކުރުމުގެ ސަބަބުން ޖަލްސާ މެދުކަނޑާލަން ޖެހުނުއިރު، އިބްރާ ވިދާޅުވީ ޕާޓީގެ ތެރޭގައި ވަކި ބަޔަކަށް ޕޯޑިއަމް ނުދީ ހިފެހެއްޓުމަކީ އާ ކަމެއް ނޫން ކަމަށެވެ.
އިބްރާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އޭނާ ޕޯޑިއަމްގައި ހުންނަވަނިކޮށް ގާއުކުމާއި މައިކް ކަނޑާލުން ފަދަ ކަންކަން ކުރިން ހިނގާފައިވާ ކަމަށާއި، 12 އަހަރު ވަންދެން ވާހަކަދެއްކުމުގެ ފުރުސަތު ނުދިނުމުން އޭނާ ޕާޓީން ވަކިވީ ކަމަށެވެ. މިފަދަ މައްސަލަތަކުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ ޕާޓީގެ އާންމު މެންބަރުން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އެމް.ޑީ.ޕީ ގެ ޕޯޑިއަމް ވަކި ބަޔަކަށް ނުދިނުމަކީ އާކަމެއްނޫން. އަހުރެން އެ ޕޯޑިއަމްގައި ހުއްޓާ އެއްރޭ އޮއްގާއުކި. އަނެއްރޭ މައިކް ކަނޑާލި.ޕޯޑިއަމް ނުދީ ހުންނަތާ 12 އަހަރުވީ ފަހުން ޕާޓީން ވަކިވީ. އެއީ ދެން އެހައި ކަމެއްނޫން.އެކިއިރު އަޅާނީއެކި އޮއި
— Maverick Ibra (@ibramandhu) April 6, 2026
ޕާޓީގެ މެންބަރުން ގޮތް ނިންމާނީ.
ރޭގެ ޖަލްސާގައި ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އަޑުގަދަކޮށް އިހުތިޖާޖު ކުރުމުގެ ސަބަބުން ޖަލްސާ މެދުކަނޑާލަން ޖެހުނުއިރު، އިބްރާ ވިދާޅުވީ ޕާޓީގެ ތެރޭގައި ވަކި ބަޔަކަށް ޕޯޑިއަމް ނުދީ ހިފެހެއްޓުމަކީ އާ ކަމެއް ނޫން ކަމަށެވެ.
އިބްރާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އޭނާ ޕޯޑިއަމްގައި ހުންނަވަނިކޮށް ގާއުކުމާއި މައިކް ކަނޑާލުން ފަދަ ކަންކަން ކުރިން ހިނގާފައިވާ ކަމަށާއި، 12 އަހަރު ވަންދެން ވާހަކަދެއްކުމުގެ ފުރުސަތު ނުދިނުމުން އޭނާ ޕާޓީން ވަކިވީ ކަމަށެވެ. މިފަދަ މައްސަލަތަކުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ ޕާޓީގެ އާންމު މެންބަރުން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު