ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ލީޑަރުންގެ ތެރެއިން ރައްޔިތުންގެ އެންމެ ބޮޑު ތާއީދެއް އޮތީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ކަމަށާއި، ދެން އަންނަ ރިޔާސީ އިންތިޚާބެއްގައި އެމަނިކުފާނާ ވާދަކުރެވޭނެ ފަދަ ސިޔާސީ ޝަޚުޞިއްޔަތެއް މިވަގުތު ރާއްޖޭގައި ނެތްކަން ފޭސްބުކްގައި ކުރިއަށްދިޔަ ބޮޑު ސާވޭއަކުން ހާމަވެއްޖެއެވެ.
މިހާތަނަށް ރާއްޖޭގައި ފޭސްބުކް މެދުވެރިކޮށް ކުރިއަށްގެންދިޔަ އެންމެ ގިނަ ބަޔަކު ބައިވެރިވި މި ޕޯލްގައި ޖުމްލަ 14،000 އަށްވުރެ ގިނަ މީހުން ވޯޓު ދީފައިވެއެވެ. މީގެ ތެރެއިން 10،000 އަށްވުރެ ގިނަ ވޯޓާއެކު، 69 އިންސައްތަ ތާއީދު ހޯއްދަވާފައިވަނީ ރައީސް ނަޝީދެވެ.
މި ޕޯލްގައި ދެން ހިމެނޭ އެހެން ލީޑަރުންނަށް ލިބުނު ތާއީދަށް ބަލާއިރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިބިވަޑައިގަތީ 14 އިންސައްތަ ވޯޓެވެ. މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް 9 އިންސައްތަ ވޯޓު ލިބިވަޑައިގެންފައިވާއިރު، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންފައިވަނީ އެންމެ 6 އިންސައްތަ ވޯޓެވެ.
މި ނަތީޖާއިން ދޭހަވަނީ މިހާރު ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން ރައީސް ނަޝީދު އިންތިޚާބަކަށް ނުކުމެވަޑައިގެންފިނަމަ، އެމަނިކުފާނާ ވާދަކުރެވޭނެ ފެންވަރުގެ ބޭފުޅަކު ނެތް ކަމެވެ.
ޕޯލްގެ ނަތީޖާއިން ރައީސް ނަޝީދަށް އޮތް ތާއީދު ހާމަވީނަމަވެސް، މިދިޔަ މާރޗް މަހު އައްޑޫ ސިޓީގައި އެމްޑީޕީ ސަޕޯޓަރުންނާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ދެން ބޭނުންވަނީ އާ ޖީލަކަށް ފުރުސަތު ދީ، އެ ބޭފުޅުންގެ ފަހަތުގައި އެހީތެރިއެއްގެ ގޮތުގައި ހުންނެވުމަށް ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގަ މިހާތަނަށް އެންމެ ގިނަ މީހުން ބައިވެރިވިކަމަށް ބެލެވޭ ފޭސްބުކް ޕޯލްގަ %69 ތާއީދުކުރީ ރައީސް ނަޝީދަށް. 14،000އަށް ވުރެ ގިނަ މީހުންގެ ތެރެއިން 10،000 މީހުންގެ ވޯޓް ރައީސް ނަޝީދަށް!
— Luke (@lucasjalyl) April 7, 2026
ރައީސް ޔާމިން %14
ރައީސް މުޢިއްޒު %9
ރައީސް ޞާލިހް %6
މިހާރު ތިބި ލީޑަރުންގެ ތެރޭ… pic.twitter.com/WTHCv6rjLS
މި ނަތީޖާއިން ދޭހަވަނީ މިހާރު ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން ރައީސް ނަޝީދު އިންތިޚާބަކަށް ނުކުމެވަޑައިގެންފިނަމަ، އެމަނިކުފާނާ ވާދަކުރެވޭނެ ފެންވަރުގެ ބޭފުޅަކު ނެތް ކަމެވެ.
ޕޯލްގެ ނަތީޖާއިން ރައީސް ނަޝީދަށް އޮތް ތާއީދު ހާމަވީނަމަވެސް، މިދިޔަ މާރޗް މަހު އައްޑޫ ސިޓީގައި އެމްޑީޕީ ސަޕޯޓަރުންނާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ދެން ބޭނުންވަނީ އާ ޖީލަކަށް ފުރުސަތު ދީ، އެ ބޭފުޅުންގެ ފަހަތުގައި އެހީތެރިއެއްގެ ގޮތުގައި ހުންނެވުމަށް ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު