ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަގާމުން ވަކިކުރެއްވި ޑރ. ސަލްމާ ރަޝީދު، އަލުން އެ މަގާމަށް އިއާދަކޮށްފިއެވެ.
ސަލްމާ އަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ ކޮއްކޮއެވެ.
ސަލްމާ މަގާމުން ވަކިކުރީ މިދިޔަ ހޯމަ ދުވަހުއެވެ. އޭނާގެ އިތުރުން އަސްމާ ރަޝީދުގެ ދަރިކަލުން، ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވެސް އެ ދުވަހު ވަނީ މަގާމުން ވަކިކުރައްވާފައެވެ. މި ދެ ބޭފުޅުން މަގާމުން ވަކިކުރީ، ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް ވޯޓު ނުދިނުމަށް އެދިވަޑައިގެން އަސްމާ ރަޝީދު މީހަކާ ވާހަކަދައްކަވާ ކަމަށް ބުނާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުވެފައިވަނިކޮށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ސަލްމާގެ މަގާމު އިއްޔެ އަލުން އިއާދަކޮށްފައެވެ. ނަމަވެސް، މުހައްމަދު ހުސެއިން ޝަރީފު (މުންދު) އަލުން މަގާމަށް އައްޔަނުކުރިކަން އަދި އެނގިފައެއް ނުވެއެވެ.
ސަލްމާ އާއި މުންދުގެ އިތުރުން، އަސްމާގެ އެހެން ބޭފުޅެއް ކަމަށްވާ އައިމިނަތު ހުސައިން ޝަރީފް މިވަގުތު ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. އޭނާވެސް މަގާމުން ވަކިކުރި ކަމުގެ އަޑުތަކެއް ފެތުރުނު ނަމަވެސް، އައިމިނަތު ހުސައިން ޝަރީފް މަގާމުން ވަކިކޮށްފައި ނުވާކަން ވަނީ ކަށަވަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު