ގއ ކޮލަމާފުށި
ގއ ކޮލަމާފުށި
މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު، ލ. މާމެންދޫ ކައިރިއަށް ބަންޑުންވި ހާދިސާގައި ގެއްލިގެން ހޯދަނީ ގއ. ކޮލަމާފުށީ މީހެއް ކަމަށް " ރަސް" މައުލޫމާތު ލިބިޖެއެވެ.

ރަސްއަށް މައުލޫމާތު ލިބިފައިވާގޮތުގައި ގެއްލިގެން ހޯދަނީ އެރަށު އޯކިޑްމާގެ އުމުރުން 75 އަހަރުގެ އިސްމާއިލް އަފީފް އެވެ.

ފުލުހުންގެ އިދާރާ އިން ބުނީ މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދާ ކަމުގެ މައުލޫމާތު، ރޭ ދަންވަރު 01:25 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި ޖުމުލަ 13 މީހުންގެ ތެރެއިން އެކަކު (ބިދޭސީ އެއް) ފަތާފައި ލ. އޮޅުވެއްޔަށް އަރާފައިވާ ކަމަށް ފުލުހުން ބުނެއެވެެ. އަދި ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންނެވެ. ސަލާމަތްކުރެވުނު ޖުމުލަ 12 މީހުންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން މައުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު