އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ލުބުނާނުގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މެދުނުކެނޑި ދެމުންގެންދާ ނުރައްކާތެރި އަދި ލާއިންސާނީ ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެޕްރީލް 8 ވަނަ ދުވަހު އިސްރާއީލުން ލުބުނާނަށް އަމާޒުކޮށް ދިން ރަހުމުކުޑަ ހަމަލާތަކަކީ ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށެވެ. މި ހަމަލާތަކުގައި މިހާތަނަށް ސަތޭކައަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލި، އެތައް ހާސް ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާތީ ދިވެހި ސަރުކާރުން ވަނީ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ، އިސްރާއީލުން ހިންގާ މިފަދަ ލާއިންސާނީ އަމަލުތަކަކީ ސަރަޙައްދީ ހަމަޖެހުމާއި ދާއިމީ ސުލްހަ ގާއިމުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތަކަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. އަދި މިފަދަ ހަމަލާތަކުގެ ސަބަބުން މުޅި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ގަޑުބަޑުވެގެންދާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
"ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ކަރާމާތަށް އަރައިގަނެ، އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކަށް އެ ފަރާތް ޒިންމާދާރު ކުރުވުމަށްޓަކައި، ބައިނަލްއަގުވާމީ މުޖުތަމައުން ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށް ދިވެހި ސަރުކާރުން ގޮވާލަމެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ދަތި އުނދަގޫ ވަގުތުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ލުބުނާނުގެ ސަރުކާރާއި ރައްޔިތުންނާ އެކު ސާބިތުކަމާއެކުކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން، ލުބުނާނުގެ މިނިވަންކަމާއި، ސަލާމަތާއި، އިސްތިގުލާލު ދެމެހެއްޓުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ސަރުކާރުން ވަނީ އަލުން ކަށަވަރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު