ތ. ތިމަރަފުށީގައި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަން ރޭވި ކަމަށް ބުނެ އަށް މީހެއްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތައް، ފަސް އަހަރު ފަހުން ކްރިމިނަލް ކޯޓުން އިއްޔެ ނިންމާލައިފިއެވެ.
މި މައްސަލައަކީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ނިރުބަވެރި އަމަލުތަކެއް ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތަށް ސަލާމަތީ ޚިދުމަތްތަކުން ހިންގި ހާއްސަ އޮޕަރޭޝަނަކާ ގުޅިގެން، ޖެނުއަރީ 2021 ގައި ތިމަރަފުށިން ބަޔަކު ހައްޔަރުކޮށް، އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާ ގުޅިގެން ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދޭން ރޭވި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކޮށްފައިވާ މައްސަލައެކެވެ.
ހައްޔަރުކުރި ގޮތް: "ނަސާހް 3" ދޯނިން ފެށިގެން
ތަހުގީގުގެ ތެރެއިން، 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، މާލެ ކައިރީގައި ދަތުރުކުރަމުންދިޔަ "ނަސާހް 3" ކިޔާ ދޯންޏަކުން ބަޔަކު ހައްޔަރުކުރިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ދޯނީގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ހެދުމަށް ބޭނުންވާ ސާމާނު ހުރި ކަމުގެ މައުލޫމާތު ލިބި، ދޯނި ބަލައިފާސްކުރިއިރު، ގޮވާ ތަކެތި ތައްޔާރު ކުރުމަށް ބޭނުންވާ ބައެއް ތަކެތި ހޯދިފައިވެއެވެ.
ދޯނިންނާއި، މާލެ އަދި ތިމަރަފުށިން ހައްޔަރުކުރި ފަރާތްތަކުގެ ތެރޭގައި، އައިއެސް ޖަމާއަތުން "އަމީރު" ކަމަށް ކަނޑައަޅާފައިވާ ފަރާތެއް ހިމެނޭ ކަމަށާއި، ހައްޔަރުކުރި ފަރާތްތަކުގެ ގާތުން ގޮވާ ތަކެތި ތައްޔާރުކުރާ ގޮތުގެ ތަފްސީލު ހިމެނޭ މެނުއަލްތައް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ދައުވާ ލިބޭ ފަރާތްތައް
މި މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ދައުވާ ކުރަން ހުށަހަޅާފައިވަނީ ތ. ތިމަރަފުށި ފެހިވިދުވަރުގެ އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި ކެނެރީގެ އަލީ މުނީޒު، ތ. ތިމަރަފުށި އަސުރުމާގެ މުހައްމަދު އާސިރު، ތ. ތިމަރަފުށި އަސްރަފީވިލާ އަހްސަން މުހައްމަދު، ރ. މަޑުއްވަރި ބީޗްހައުސް އަބްދުﷲ އިމާދު، ތ. ތިމަރަފުށި ސައިމާ ޝަމާހު ޝަރީފް، ނ. ކުޑަފަރި ރޯޒްމީޑު އިބްރާހިމް ލޫތު އަދި ރ. ކަނދޮޅުދޫ ފެހިވިލާ އަލީ އަރުހަމް މުހައްމަދުގެ މައްޗަށެވެ.
ދައުވާތަކުގެ ތަފްސީލު
އަބްދުﷲ ޝަރީފް — އައިއެސް ޖަމާއަތުގެ ޚޮރާސަން ޕްރޮވިންސްގެ ފަރާތުން ރާއްޖޭގެ "އަމީރު" ކަމަށް ކަނޑައަޅާފައިވާ ކަމަށް ތުހުމަތު ކުރެވޭ ޝަރީފްގެ މައްޗަށް ތިން ދައުވާއެއް ވަނީ ކޮށްފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވުމުގެ ކުށުގެ ދައުވާ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާކަން ދޭހަވާ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ، އަދި ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށް ވުމުގެ ކުށުގެ ދައުވާއެވެ.
އަލީ އަރުހަމް މުހައްމަދު ގެ މައްޗަށް ވެސް ތިން ދައުވާއެއް ކޮށްފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ކަން ދޭހަވާ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ، އަދި ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދައުވާއެވެ.
އަހްސަން މުހައްމަދު ގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވާ އިރު، ދެ ދައުވާ ވެސް ތިމަރަފުށީގައި ހިންގަން އުޅުނުކަމަށް ތުހުމަތު ކޮށްފައިވާ ހަރަކާތްތަކާ ގުޅިފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާކަން ދޭހަވާ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.
އަބްދުﷲ އިމާދު ގެ މައްޗަށް ޖުމްލަ ހަތަރު ދައުވާއެއް ކޮށްފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާކަން ދޭހަވާ ލިޔުމެއް ގެންގުޅުމުގެ ދައުވާ، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ، އަދި އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާއެވެ.
އިބްރާހިމް ލޫތު ގެ މައްޗަށް ދެ ދައުވާ ކޮށްފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.
ޝަމާހު ޝަރީފް ގެ މައްޗަށް ކޮށްފައިވާ ދެ ދައުވާ އަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ކަން ދޭހަވާ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.
މުހައްމަދު އާސިރު ގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އެކަންޏެވެ.
އަލީ މުނީޒު ގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދައުވާ، އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.
ތުހުމަތުތަކުގެ ފަސްފަހަތް:
ސްކޫލް ލެބޯޓަރީ ގޮއްވާލަން ރޭވުން:
ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، މި މީހުން ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ހިތްވަރު ލިބިގަތީ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުން "ޖަޒީރާގެ ޒުވާނުންނަށް" މުޚާތަބުކޮށް ފޮނުވި ނިރުބަވެރި މެސެޖަކުންނެވެ. އެ މެސެޖުގައި ރާއްޖެ ފަދަ ގައުމުތަކުގައި ތިބި މީހުން ގަތުލުކުރުމަށާއި، އަންދާލުމަށް ގޮވާލާފައިވެއެވެ.
މި މައްސަލައިގައި އެންމެ ނުރައްކާތެރި އެއް ރޭވުމުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ، 2020 ވަނަ އަހަރު ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދިޔަ ވަގުތާ ދިމާކޮށް އެ ސްކޫލުގެ ލެބޯޓަރީ ގޮއްވާލަން ރޭވި ރޭވުމެވެ. އެ ދުވަސްވަރު ސްކޫލްގެ ކެމިކަލް ގުދަން ފަޅާލާފައިވާކަން ވެސް ފުލުހުންގެ ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ.
މީގެ އިތުރުން، މި މީހުން ތިމަރަފުށީގައި ދީނީ ހަރުކަށި ފިކުރު ފެތުރުމަށް ގޭގޭގައި ކްލާސްތައް ހިންގައި، ކުޑަކުދިން އެ ފިކުރަށް ލެންބުމަށް މަސައްކަތްކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރުމާއި، ފަޅުރަށްރަށަށް ގޮސް ހަނގުރާމައިގެ ތަމްރީނުތައް ހޯދާފައިވާ ކަމަށް ވެސް ދައުލަތުން ތުހުމަތު ކުރެއެވެ.
ޝަރީއަތުގެ ނިމުން: ހުކުމް އިއްވުން ފެބްރުއަރީގައި
ފަސް އަހަރު ދުވަހަށް ދެމިގެންދިޔަ މި މައްސަލައިގެ ޝަރީއަތުގެ ހުރިހާ އަޑުއެހުންތަކެއް އިއްޔެ ނިންމާލާފައިވާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން އަޑުއެހުންތައް ނިންމާލާތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަން ޖެހޭނެއެވެ. އެހެންކަމުން، އަންނަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުގެ ކުރިން މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް އިއްވާނެ ކަމަށް ބެލެވެއެވެ.
މި މީހުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާތައް ސާބިތުވެއްޖެނަމަ، ގާނޫނުގައިވާ ގޮތުގެ މަތިން ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އެ މީހުންގެ މައްޗަށް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު