އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން، ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކާއެކު އޮޑި ސްޕޯޓްސް ކްލަބް 4-0 އިން ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މިރޭ ގަލޮޅު ދަނޑުގައި ކުޅުނު މި ފޯރިގަދަ ކުއާޓާ ފައިނަލް މެޗުގައި ނިއުގެ ފަރާތުން ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ. މެޗުގެ 20 ވަނަ މިނިޓުގައި ސެންޓޭ ކާމިޔާބުކުރި ހިލޭ ޖެހުމުން ނިއު އިން ލީޑު ނެގިއިރު، އޭގެ ނުވަ މިނިޓް ފަހުން އޭނާ ވަނީ ދެވަނަ ލަނޑެއް ޖަހައި ނިއުގެ ލީޑު ފުޅާކޮށްފައެވެ. ސެންޓޭގެ ތިންވަނަ ލަނޑު ނުވަތަ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 61 ވަނަ މިނިޓުގައެވެ. ނިއުގެ ހަތަރުވަނަ ލަނޑު 85 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ނައިޖީރިއާގެ ފޯވާޑް އަލް ހާޖީ ގޭރޯއެވެ.
މި މޮޅަކީ މި ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން އޮޑި ސްޕޯޓްސް އަތުން ނިއުއަށް މި ސީޒަނުގައި ލިބުނު ފުރަތަމަ މޮޅެވެ. މީގެ ކުރިން ލީގާއި ޕްރެޒިޑެންޓްސް ކަޕްގައި މި ދެ ޓީމު ބައްދަލުކުރި ތިން މެޗުން ވެސް ނިއު އަށް މޮޅެއް ލިބިފައެއް ނުވެއެވެ.
ބާރަ ފަހަރު އެފްއޭ ކަޕްގެ ތަށި އުފުލާލާފައިވާ ނިއު ރޭޑިއަންޓުން މުބާރާތުގެ ސެމީ ފައިނަލުގައި އަންނަ ބުދަ ދުވަހު ނުކުންނާނީ ބްލޫ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ބްލޫ އިން ވަނީ ކުއާޓާ ފައިނަލުގައި މިއަދު ހަވީރު ކްލަބް އީގަލްސް ބަލިކޮށްފައެވެ.
ސަސްޕެންޝަނަށް ފަހު އެނބުރި އައިސް، 2017 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އެފްއޭ ކަޕްގައި ވާދަކުރާ ނިއު އަށް މި މުބާރާތުގައި އިރުޝާދު ދެނީ އެ ކްލަބުގެ އާ ކޯޗު ފްރަންސިސްކޯ މެނުއަލް ކައިންޒޯސްއެވެ. ކުރީގެ ކޯޗު އަލީ ސުޒޭން މިހާރު ހުރީ ކްލަބުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލްގެ އިތުރު ދެ މެޗު މާދަމާ އޮންނާނެއެވެ. މާދަމާ ހަވީރު ޓީސީ ސްޕޯޓްސް އާއި ވިކްޓަރީ ބައްދަލުކުރާއިރު، މާދަމާރޭ ކުޅޭ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ނުކުންނާނީ ބުރު ސްޕޯޓްސްއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު