ހުސެއިން އަމްރު
ހުސެއިން އަމްރު
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވުމާ ގުޅޭގޮތުން އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

"ރަސް އޮންލައިން" އަށް އަމްރު ވިދާޅުވީ، ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމަށް ގިނަ ފަރާތްތަކަކުން އޭނާގެ ކިބައިން އެދެމުންދާ ކަމަށެވެ. ނަމަވެސް، އެ މަގާމަށް ވާދަކުރުމާ މެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަމްރު އިތުރަށް ވިދާޅުވީ، ގިނަ ފަރާތްތަކުން އެދެމުންދާތީ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރުމަށް ވިސްނުން ހުރި ނަމަވެސް އެކަމަށް ގޮތެއް ނިންމަވާނީ ޕާޓީގެ ލީޑަޝިޕާ މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ. އަދި އެ މަގާމަށް ވާދަކުރަން ނިންމަވައިފި ނަމަ، އެކަން ރަސްމީކޮށް އިއުލާން ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދެއްވާފައެވެ.

އަމްރު މިހެން ވިދާޅުވެފައި މިވަނީ، އޭނާ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވަން އުޅޭ ކަމުގެ އަޑުތައް މީޑިއާތަކުގައި ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު