މިހާރު ލުބުނާނުގައި ހިނގަމުންދާ ވަރުގަދަ ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ އާންމު ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާކަން ހާމަވަމުން އެބަދެއެވެ.
މިގޮތުން، ލުބުނާނުގެ ސުންނީ މުސްލިމަކު ބައިނަލްއަގުވާމީ މީޑިއާއަކަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ، ލުބުނާނުގެ ރައްޔިތުންނަށް އެހީތެރިވެދޭނެ އެހެން އެއްވެސް ފަރާތެއް ނެތް ކަމަށާއި، އީރާނުން ލުބުނާނު ދޫކޮށްނުލުމަށް އާދޭސްކުރާ ކަމަށެވެ.
އަދި ގައުމުގެ ހާލަތު މިހާ ނާޒުކު ފައްތަރެއްގައި އޮތްއިރު، ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ހުންނެވީ "ނިދިކުރައްވަން" ކަމަށް ބުނެ އޭނާ ވަނީ ސަރުކާރުގެ އިސްވެރިންގެ ފަރުވާކުޑަކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
މިދިޔަ މާރިޗު މަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދެމުންދާ ވަރުގަދަ ވައިގެ ހަމަލާތަކުގައި މިހާތަނަށް 2,000 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް މިލިއަން ބަޔަކު ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވެފައެވެ.
އީރާނާއި އެމެރިކާއާ ދެމެދު ދާދި ފަހުން އެއްބަސްވި ހަނގުރާމަ ހުއްޓާލުމުގެ ތެރޭގައި ލުބުނާނު ހިމެނިފައި ނުވުމުން، އެ ގައުމުގެ ރައްޔިތުންނަށް ވަނީ ބޮޑު މާޔޫސްކަމެއް ކުރިމަތިވެފައެވެ.
އާންމުން ބުނަމުންދަނީ، ގައުމުގެ އިގްތިސާދާއި ސިއްހީ ނިޒާމު އިނދަޖެހިފައިވާއިރު، ސަރުކާރުގެ ފަރާތުން އެކަށީގެންވާ ރައްކާތެރިކަމެއް ނުލިބޭ ކަމަށާއި، ބޭރުގެ އެހީތެރިކަމެއް ނެތި ލުބުނާނަށް މި މުސީބާތުން ސަލާމަތް ނުވެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު