އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުން ހިންގާ ބިޔަ މަޝްރޫއުތަކަކީ ހަމައެކަނި ސިޔާސީ މަންފާއަށް ކުރާ ކަންކަން ކަމަށާއި، އޭގެން ރައްޔިތުންނަށް ލިބޭނެ ހަގީގީ އުފަލެއް ނެތްކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ވިދާޅުވެއްޖެއެވެ.
ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މެންބަރު ޒިޔާދު ފާހަގަކުރެއްވި ގޮތުގައި، ހއ. ދިއްދޫ ފަދަ ރަށްރަށުގައި ފަޅު ހިއްކުމުގެ މަޝްރޫއުތައް ފަށަނީ އިންތިޚާބީ ފައިދާ ހޯދުމުގެ މަގުސަދުގައެވެ.
ނަމަވެސް، ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލި، ރައްޔިތުންގެ ޖީބު ހުސްވަމުންދާ ދަނޑިވަޅެއްގައި، އެފަދަ މަޝްރޫއުތަކަށްވުރެ އަސާސީ ބޭނުންތައް ފުއްދުމަށް ރައްޔިތުން އިސްކަންދޭންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ޒިޔާދު އިތުރަށް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ބާރުތައް ކަނޑުވާލައި ކައުންސިލްތައް ބާރުވެރިކަން ކުޑަކުރަމުންދާ ދިއުމާމެދު ރައްޔިތުންގެ ބޮޑު ނުރުހުމެއް އެބައޮތް ކަމަށެވެ.
ގައުމުގެ އިގްތިސާދީ ހާލަތު ދަށްވެ، ސަރުކާރަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ތުހުމަތުކުރައްވައި އޭނާ ވިދާޅުވީ، ރައްޔިތުން މިއަދު ބޭނުންވަނީ ކައުންސިލްތަކަށް ކުރިން އޮތް ބާރުތައް އަލުން އިއާދަކޮށް، ދައުލަތުން ދޭންޖެހޭ އަސާސީ ޚިދުމަތްތައް ކަށަވަރުކުރުމަށެވެ.
މީގެ އިތުރުން، ސަރުކާރުގެ އެތެރޭގައި ވެސް އިތުބާރު ނެތުމުގެ މައްސަލަތައް އުފެދިފައިވާކަން ފާހަގަކުރައްވައި، މެންބަރު ވިދާޅުވީ ގައުމީ ތަރައްގީއަށްވުރެ ބޮޑަށް ސިޔާސީ މަންފާ އިސްކުރުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށެވެ. ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ނިޔަތާމެދު މިއަދު ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު