އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭ ބިލެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވީ، ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤާނޫނުތަކުގެ ތެރޭގައި އަބުރާބެހުމުގެ ބަދަލު ނަގައިދިނުމުގެ ބިލު ހިމެނޭ ކަމަށެވެ. އަދި އެ ބިލުގެ މަސައްކަތް ގޮސްފައިވާ ހިސާބާއި، މަޖިލީހަށް ހުށަހެޅޭނެ ތާރީޚެއް ސާފުކުރުމަށް ކޮމިޓީން އެދުމުން، ބަންޑާރަނައިބުގެ އޮފީހުން އެކަމަށް ޖަވާބު ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބަންޑާރަނައިބުގެ އޮފީހުން މަޖިލީހަށް ފޮނުވި ޖަވާބުގައި ބުނެފައިވަނީ، ބިލުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށާއި، އަންނަ ޖޫން މަހުގެ ތެރޭގައި ބިލު މަޖިލީހަށް ހުށަހެޅުމަށް ގަސްދުކުރާ ކަމަށެވެ.
އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދަކީ ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނުގެ ޖަދުވަލު 2 ގައި ހިމެނިގެން އެކުލަވާލާފައިވާ ގަވައިދެކެވެ. 2007 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ މި ގަވާއިދަކީ އަބުރަށް އަރައިގަތުމުގެ މައްސަލަތަކުގައި ރާއްޖޭގައި މިވަގުތު އޮތް ޤާނޫނީ ހައްލެވެ. މި ގަވާއިދުގެ ދަށުން، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް މަދަނީ ދައުވާ ކުރުމުގެ ހައްޤު ކޮންމެ މީހަކަށްމެ ލިބިދީފައިވެއެވެ.
ރާއްޖޭގައި މީގެކުރިން އަބުރާ ގުޅޭ ޚާއްޞަ ޤާނޫނެއް އޮތެވެ. އެގޮތުން 2016 ވަނަ އަހަރު "އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު" ފާސްކުރި ނަމަވެސް، އެ ޤާނޫނު އޮތްގޮތުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް ބުނެ 2018 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ވަނީ އެ ޤާނޫނު އުވާލާފައެވެ.
އެހެންކަމުން މިހާރު އެކުލަވާލަމުންދާ އައު ބިލަކީ އަބުރު ރައްކާތެރިކުރުމުގެ ހަރުދަނާ ނިޒާމެއް ޤާނޫނީ އޮނިގަނޑުގެ ތެރެއިން ކަށަވަރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ސަރުކާރުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު