އިދިކޮޅު އެމްޑީޕީން މިހާރު ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގެ އެންމެ ކުރީ ސަފުން، މުޒާހަރާގެ ބައިވެރިންނަށް ހިތްވަރުދީ އިރުޝާދު ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު މާޒް ސަލީމެވެ.
މުޒާހަރާގެ ފޯރިގަދަކޮށް، ބައިވެރިންގެ ރޫހު އާލާކުރުމަށް ސަލީމް ގެންގުޅުއްވާ ތަފާތު އުކުޅުތަކުގެ ސަބަބުން، އޭނާ ވެފައިވަނީ ފުލުހުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައިވާ ބޭފުޅާއަށެވެ.
ފުލުހުންގެ ސަފުތައް ފޫއަޅުވާލުމާއި މުޒާހަރާގެ އަމާޒު ހިފެހެއްޓުމުގައި ސަލީމް ދައްކަވާ ޖެހިލުންކުޑަކަމުގެ ސަބަބުން، އޭނާއަކީ ފުލުހުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް މުޒާހަރާގެ ބައިވެރިން ސިފަކުރެއެވެ.
މަގުމަތީގެ ހަރަކާތްތަކުގެ އިތުރުން، މި ސަރުކާރުގެ ތެރޭގައި ހިންގަމުންދާ ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް ފެންމަތިކޮށް، އެ މައްސަލަތައް ބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމުގައިވެސް އެމްޑީޕީގެ ފަރާތުން އެންމެ އިސްނަންގަވަނީ މާޒް ސަލީމެވެ.
ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޭނާ ކުރައްވަމުން ގެންދަވާ މި މަސައްކަތްތަކަކީ ޕާޓީގެ އާންމު މެންބަރުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމެކެވެ. ސަލީމްގެ މި ހަރަކާތްތެރިކަމުގެ ސަބަބުން އޭނާއަށް ސަރުކާރުގެ އެކި މުއައްސަސާތަކުގެ ފިއްތުންތައް ކުރިމަތިވަމުންދާ ކަމަށް އެމްޑީޕީން ތުހުމަތުކުރެއެވެ.
ނަމަވެސް، އިއްޔެ ރޭ ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން މާޒް ސަލީމަށް ވަނީ ބޮޑެތި އަނިޔާތަކެއް ކުރިމަތިވެފައެވެ. ފުލުހުން މުޒާހަރާ ރޫޅާލުމަށް ބާރުގެ ބޭނުންކުރި ވަގުތު، ސަލީމަށް އަމާޒުކޮށް ފުލުހުން ހިންގި ހަރަކާތްތަކުގެ ސަބަބުން އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަނީ ގެއްލުން ލިބިފައެވެ.
މިއީ ސަލީމްގެ ހިތްވަރު ބަލިކޮށްލުމަށް ފުލުހުން ގަސްދުގައި ދިން އަނިޔާއެއް ކަމަށް މުޒާހަރާގެ ބައިވެރިން ބުނަމުންދާއިރު، މި ހާދިސާއާ ގުޅިގެން އެމްޑީޕީގެ ލީޑަޝިޕުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ފުލުހުންގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އަނިޔާވި ނަމަވެސް މާޒު ސަލީމް ވަނީ މިރޭގެ މުޒާހަރާ ތެރެއިންވެސް ފެނިގޮސްފައެވެ. އެގޮތުން ކުރިއަށް ވުރެން ފޯރިގަދަކޮށް ފުލުހުނަށް ބަހުގެ ހަމަލާތައް ދެމުން މާޒު ވިދާޅުވީ މުޒާހަރާގެ ބައިވެރިން "ފުޑާ" ނުލެވޭނެކަމަށާއި ހުކުރު ދުވަހު ހުކުރު ނަމާދަށް ވެސް ދާނީ އިސްލާމީ މަރުކަޒަށް ކަމަށެވެ. މާޒު ސަލީމް އެ އިޝާރާތް ކުރަވަނީ ހުކުރު ނަމާދަށް ފަހު މުޒާހަރާ ކުރާ ވާހަކަ އަށެވެ.

ކިޔުންތެރިންގެ ހިޔާލު