މޯލްޑިވްސް ޒަކާތު ހައުސްއިން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސް، އެ އަދަދު 21،836.50 (އެކާވީސް ހާސް އަށްސަތޭކަ ތިރީސް ހަ ރުފިޔާ ފަންސާސް ލާރި) އަށް މިއަދު ބޮޑުކޮށްފިއެވެ.
މިއީ ރާއްޖޭގެ ތާރީޚުގައިވެސް މުދަލު ޒަކާތުގެ ނިޞާބުގެ ގޮތުގައި ކަނޑައެޅުނު އެންމެ މަތީ އަދަދެވެ.
ޒަކާތު ހައުސްއިން ބުނީ، މުދަލު ޒަކާތުގެ ނިޞާބު ކަނޑައަޅަނީ 595 ގްރާމް ރިހީގެ އަގަށް ބަލައިގެން ކަމަށެވެ. މިގޮތުން މިފަހަރުގެ ނިޞާބު ކަނޑައަޅާފައިވަނީ، މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ދުނިޔޭގެ ބާޒާރުގައި ރިހި ގްރާމެއްގެ އަގު ހުރި މިންވަރު ކަމަށްވާ 36.70 ރުފިޔާއަށް ބަލައިގެންނެވެ.
ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން، މިއީ ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނައި ތިންވަނަ ފަހަރެވެ. މީގެ ކުރިން އެންމެ ފަހުން ނިޞާބަށް ބަދަލު ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެފަހަރު ނިޞާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 19،527.90 ރުފިޔާއެވެ.
މުދަލު ޒަކާތަކީ އިސްލާމްދީނުގެ ފަރުޟުތަކުގެ ތެރެއިން ހިމެނޭ މުހިންމު އަޅުކަމެކެވެ. ތިމާގެ އަތުގައި ހުރި މުދަލުގެ އަގު ނިޞާބުގެ މިންވަރަށް އަރައި، އެ މުދަލެއްގެ މައްޗަށް ހިޖުރީ ގޮތުން އެއް އަހަރު ފާއިތުވުމުން، އޭގެ 2.5 އިންސައްތަ ޒަކާތުގެ ގޮތުގައި ނެރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެކެވެ.
ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ޒަކާތު ހައުސްއިން މިހާރު ވަނީ އޮންލައިންކޮށް ފަސޭހަކަމާއެކު ދެއްކޭނެ ގޮތަށް ހަމަޖައްސާފައެވެ. އެގޮތުން ބަނޑޭރި ޕޭ މެދުވެރިކޮށްނާއި، ބައެއް ބޭންކުތަކުގެ އެޕްލިކޭޝަންތައް މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު