ކޯވިޑް 19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި 8 މީހުންނަކީވެސް ރިޒޯޓު ތަކުގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނާއި ފަތުރެވެރިން ކަމުގައި ވީނަމަވެސް ކޯވިޑް 19 ގެ ކަންބޮޑުވުމާއި ހާސްކަން އިތުރުވެ ސްކޫލްތަކުގެ ކިޔެވުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ގޮވާލާ އަޑު ގަދަވާން ވަށައިފިއެވެ.

ކޯވިޑް 19 އަށް ޕޮޒިޓިވް މީހުން ރާއްޖެއިން ފެންނަމުން ދާން ފެށުމާއެކު ޑޮކްޓަރުންގެ ޖަމިއްޔާއިންނާއި ވަކި ވަކި ޑޮކްޓަރުންގެ ފަރާތުންވެސް މިއިލްތިމާސް ކުރަމުން އެބަ ގެންދެއެވެ. މީގެއިތުރުން މީސް މީޑިޔާގައި ވެސް ގިނަ ބަޔަކު ގެންދަނީ ސްކޫލްތައް ވަގުތީ ގޮތުން ބަންދު ކުރުމަށް ގޮވާލާ ކެމްޕޭން ކުރަމުންނެވެ. ބައެއް މީހުން ބުނެފައިވަނީ ޓާމް ބްރޭކަށް ފަހު އަންނަ އާދިއްތަ ދުވަހު ސްކޫލްތަކުގެ ކިޔެވުން ފެށިޔަސް ދަރިން ސްކޫލަށް ނުފޮނުވާނެ ކަމަށެވެ.

ކޯވިޑް 19 އާއި ގުޅިގެން ކުޑަ ކުދިންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ މުދައްރިސުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް އެދި ޓީޗަރުންގެ ޖަމިއްޔާއިންވެސް މިއަދު ވަނީ ސަރުކާރަށް ގޮވާލާފައެވެ.

މިމައްސަލައިގައި ސަރުކާރުން އެންމެ ފަހުން ބުނެފައިވަނީ ސްކޫލްތަކުގެ ކިޔެވުން ބަންދުކުރާ ހާލަތަކަށް ރާއްޖޭގެ އެއްވެސް ރަށެއްގެ ހާލަތު ގޯސް ނުވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން