މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 89 ކިލޯގެ މަސްތުވާތަކެތި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި އަތުލައިގަނެފައިވާއިރު މި ތަކެތީގެ މަގުމަތީގެ އަގު 74.7 މިލިއަން ރުފިޔާއަށް އަރާނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމަށް ފާއިތުވި މަސްތަކުގައި ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ޖުމްލަ 89 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އިޙްސާން އިތުރަށް ތަފްސީލު ދެއްވަމުން ވިދާޅުވީ، މިދިޔަ މާޗު މަހުގެ 5 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ހިންގި 14 މައްސަލައެއްގައި އެކަނިވެސް 38.18 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި އަތުލައިގަތް ތަކެތީގެ ބާޒާރުގެ އަގު ގާތްގަނޑަކަށް 35 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މާޗު މަހުގެ ތެރޭގައި އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6.2 ކިލޯގެ ހަޝިޝް އޮއިލް އާއި، ވައިގެ މަގުން އެތެރެކުރަން އުޅުނު 6.5 ކިލޯގެ ކެނަބިސް ހިމެނެއެވެ. މިއީ ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމާއި މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ.
މަސްތުވާތަކެތީގެ އިތުރުން، ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅުނު އެހެނިހެން ބައެއް ތަކެތި ވެސް ކަސްޓަމްސް އިން ވަނީ ހިފަހައްޓާފައެވެ. އެގޮތުން 2003 ވޭޕް ސްޓިކް އާއި، ސިއްރުން އެތެރެކުރަން އުޅުނު 19 ކިލޯގެ ދުންފަތުގެ އިތުރުން 99,500 އަށްވުރެ ގިނަ ސިނގިރޭޓް އަތުލައިގަނެފައިވާ ކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ.
މިނިސްޓަރ އިޙްސާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ރާއްޖެއަކީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ އަމާން ގައުމަކަށް ހެދުން ކަމަށާއި، އެ މަސައްކަތުގައި އެއްވެސް ދުލެއް ނުދެއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު