ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރަށްވައިފިއެވެ.
ޖާބިރު ޕީއެންސީއާ ގުޅިވަޑައިގަތުމަށް ފަހު ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީއާ ގުޅުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ގެންގުޅުއްވާ ޑިމޮކްރެޓިކް ސިޔާސަތުތަކާއި، ގައުމުގެ ތަރައްގީއަށް އެމަނިކުފާނު ކުރަށްވާ ބުރަ މަސައްކަތްޕުޅުތައް ފެނިވަޑައިގަތުމުން ކަމަށެވެ. ޚާއްސަކޮށް ރައީސްގެ މުރާލިކަމާއި، ހީވާގިކަމުގެ އިތުރުން މަސައްކަތްތައް ކުރިއަށް ގެންދަވާ ބާރު ސްޕީޑާ މެދު ވަރަށް ބޮޑަށް ގަޔާވާކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ.
ޕީއެންސީގައި އޭނާ މިވަގުތު އެންމެ އިސްކަމެއް ދެއްވާނެ މަސައްކަތަކީ، އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންގައި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ޕީއެންސީއަށް ކާމިޔާބު ކޮށްދިނުން ކަމަށް ޖާބިރު ވިދާޅުވިއެވެ. އެ ދާއިރާގެ ޕީއެންސީ ޕްރައިމަރީގައި ވާދަކުރަށްވަނީ ކުރީގެ މެންބަރު މުހައްމަދު ސިނާނާއި، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދެވެ.
ޖާބިރު ވިދާޅުވީ އޭނާ މަސައްކަތް ކުރަށްވާނީ ޕީއެންސީގެ ޓިކެޓް ކާމިޔާބު ކުރާ ކެންޑިޑޭޓަކާއެކު އެ ގޮނޑި ޕާޓީއަށް ހޯދައިދިނުމަށް ކަމަށެވެ.
ހަމައެއާއެކު ޖާބިރު ވިދާޅުވީ އޭނާ ޕީއެންސީއާ ގުޅިވަޑައިގަތުމާއެކު ގިނަ އަދަދެއްގެ ޒުވާނުން އެ ޕާޓީއާ ގުޅެމުންދާނެ ކަމަށެވެ. އަދި ޕީއެންސީން ޒުވާނުންނަށް ޚާއްސަކޮށްގެން 'ޔޫތު ހައުސް' ތަކެއް މާލެއާއި ހުޅުމާލޭގައި ގާއިމުކުރުމަށް ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޖާބިރަކީ މީގެ ކުރިން ޑީއާރުޕީގެ ލީޑަރުކަމާއި، ނައިބު ލީޑަރުކަމާއި، ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްކަން ވެސް ކުރަށްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އެމްޑީޕީގެ ރައީސްގެ އެޑްވައިޒަރުކަންވެސް ކުރެއްވިއެވެ. ޖާބިރު މިފަހުން ސިޔާސީ ހަރަކާތްތަކުން ފެންނަން ފެށީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިލެކްޝަންގައި ޕީއެންސީއަށް ތާޢީދު ހޯދުމަށް ކުރެއްވި މަސައްކަތްތަކުގެ ތެރެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު